ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބައިތިއްބާނެ ޑިޓެންޝަން ސެންޓަރެއް ހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބައިތިއްބާނެ ޑިޓެންޝަން ސެންޓަރެއް ހުޅުވައިފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބައިތިއްބާނެ ޑިޓެންޝަން ސެންޓަރެއް ހުޅުވައިފިއެވެ.

ހުޅުމާލޭގައި މިއަދު މިސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޤަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބޭރުމީހުންގެ މައްސަލައަކީ ބޮޑު މައްސަލައެއްކަމަށާއި ހައްލު ހޯދަންޖެހި އެކަށީގެންވާ ހައްލެއް ހޯދިފައި ނެތް މައްސަލައެއް ކަމަށެވެ. އަދި އެކަށީގެންވާ ރަނގަޅު ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

މިއަދު މިހުޅުވުނު ޑިޓެންޝަން ސެންޓަރުގައި ދެ ގޮޅި ހިމެނޭ ޔުނިޓްގައި 40 މީހުން ބައިތިއްބޭނެކަމަށާއި އަދި ކުރިއަށް ހަ މަސްދުވަހުގެ ތެރޭގައި އެވަަރުގެ އިތުރު ތިން ބައި ހަދާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ސެންޓަރުތަކުގައި އާންމުކޮށް ބައިތިއްބަނީ 15 ދުވަހާއި އެއް މަސް ދުވަހުގެ މުއްދަތަކަށެވެ.

މިއަދު އޮންލައިން