މުލަކު ބޯޓްޔާޑު ސަރަޙައްދުގައި މިއަދު ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައިފި!

ކިޔުމަށް ހޭދަވާނީ 39ސ
މުލަކު ބޯޓްޔާޑު ސަރަޙައްދުގައި މިއަދު ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައިފި!

މ. މުލަކު ބޯޑް ޔާޑު ސަރަޙައްދުގައި މިއަދު ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިމައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ފަތިހު 4:17 ހާއިރު ކަމަށެވެ.

މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުމާއި ގުޅިގެން އެސަރަޙައްދަށް ފުލުހުން ދިޔައިރު، އެތަނުގައި އޮތް 22 ފޫޓު ޑިންގީއަކާއި ހަރުގެ އެއްގައި އަލިފާން ރޯވެ އަނދަމުން ދިޔަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުންނާއި އެރަށު ބައެއް ރައްޔިތުން ގުޅިގެން އެއަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ 4:45 ހާއިރުއެވެ.

މުލަކު ބޯޓުޔާޑު ސަރަޙައްދުގައި މިއަދު ފަތިހު އަލިފާން ރޯވެފައިވާއިރު، އިއްޔެ މެންދުރުފަހު ވަގުތެއްގައި އދ. އަތޮޅުގައި އޮތް ފަޅުރަށެއްގައި ވެސް ވަނީ އަލިފާން ރޯވެގެން ފުލުހުން ހަރަކާތްތެރި ވެފައެވެ.

މިއަދު އޮންލައިން