ޝަޢްބާން މަހު ދަނޑަށް ފެންދީ ނުހައްދައިފިނަމަ ރަމަޟާން މަހު މޭވާއެއް ނުބިނދެވޭނެ: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޝަޢްބާން މަހު ދަނޑަށް ފެންދީ ނުހައްދައިފިނަމަ ރަމަޟާން މަހު މޭވާއެއް ނުބިނދެވޭނެ: ޝައިޚް ނިމާލް

ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި ރަޖަބް މަހަކީ ދަނޑުބިމުގައި ގޮވާން މުޑުވައްކުރާ މަހެވެ. ޝައުޞާން މަހަކީ ދަނޑަށް ފެންދީ ގަސްތައް ހައްދަން މަސައްކަތްކުރާ މަހެވެ. އަދި ރަމަޟާން މަހަކީ ހެއްދި ގަސްތަކުން މޭވާ ބިންނަ މަހެވެ. އެހެންކަމުން ރަމަޟާން މަހުގެ މޭވާ ފިރިހަމަ ގޮތުގައި ބިނދެވޭނީ ނުވަތަ ރަމަޟާން މަހުގެ ބަރަކާތް ޙާޞިލުކުރެވޭނީ އެކަމަށްޓަކައި ތައްޔާރުވުމަށް ޝަޢްބާން މަހު ގަދައަޅައި މަސައްކަތްކޮށްގެންނެވެ. 

އެގޮތުން ކުރަން ޖެހޭބ ކަންކަމުގެ ތެރޭގައި ހިފުނުވަރަކުން ސުންނަތް ރޯދަ ހިފުން ގިނަ ކުރުމާއި ކީރިތި ޤްރްއާން ކިޔެވުން ގިނަ ކުރުމާއި ރޭ އަޅުކަން ކުރަން ފެށުމާއި އަދި ޞަދަޤާތްދީ ދީލަތިވުން ހިމެނެއެވެ. 

ރަސޫލް (ޞޢވ) ރަމަޟާން މަސް ފިޔަވައި އެމަހެއްގައި އެންމެ ގިނައިން ރޯދަ ހިއްޕެވި މަހަކީ ޝަޢްބާން މަހެވެ. އެކަމުގެ ސަބަބެއް ކަމަށް ޙަދީޘް ކުރައްވަވާފައިވަނީ ޝަޢްބާން މަހަކީ މީސްތަކުން އެންމެ ބޮޑަށް ޣާފިލުވެފައި ތިބޭ މަސްކަމަށްވުމާއި އަދި ޝޢްބާން މަހަކީ އެ އަހަރު ދުވަހު ކުރި އަމަލުތައް ﷲ ތަޢަލާގެ ޙަޟްރަތަށް އުފުއްލެވިގެންދާ މަސްކަމަށްވުން ކަމަށެވެ. ވީމާ އަޅުގަނޑުމެންނަކީ ޣާފިލުކަމުން ސަލާމަތްވެގެން ތިބި ބައަކަށްވުމަށް ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ. އަދި އަހަރެމެންގެ އަމަލުތައް ވެސް އުފުއްލެވިގެންދާ އިރު ރޯދަ ހިފުން ފަދަ އަޅުކަމެއްގެ މަތީގައި ތިބެން މަސައްކަތްކުރަން އެބަ ޖެހެއެވެ. 

ޞަހާބީން ރަމަޟާން މަހަށް ތައްޔާރުވެވަޑައިގަތުމުގެ މަސައްކަތްޕުޅު 6 މަސް ކުރިއާލައި ފަށްޓަވައެވެ. ނަމަވެސް ދުނިޔަވީ ކަންކަމުގައި އަވަދިނެތި އުޅެން ހަދައިގެން ރަމަޟާން މަހަށް އޮތީ ކިތައް ދުވަސްކަންވެސް އަޅުގަނޑުމެންނަކަށް ނުއެނގެއެވެ. ރަމަޟާން މަސް ކައިރިވަމުން އަންނަކަން އެނގެނީ ވެސް އެހެން ބައަކު އެކަމުގެ ވާހަކަތައް ދައްކާތީއެވެ. ދެން ރަމަޟާން މަހަށް ތައްޔާރުވުމަށް އަޅުގަނޑުމެންނަށް މިކުރެވޭ ކަމަކީ ގޭގައި ކުލަލުމާއި ފަރުނީޗަރު އައުކުރުން ފަދަ މާއްދީ ކަންތައްތަކެވެ. ކޮންމެހެން ކުރަން ޖެހޭ ރޫޙާނީ މަސައްކަތްތަކެއް ނުކުރެވެއެވެ. 

ވީމާ ރަމަޟާން މަހަށް ފުރިހަމައަށް ތައްޔާރުވާ ބައަކަށް ވުމަށް މަސައްކަތް ކުރާބައަކަށް ވަމާ  ހިނގާށެވެ. ރަމަޟާން މަހުގެ ފުރިހަމަ ސަވާބާއި ދަރުމަ ޙާޞިލު ކުރެވޭނީ އެއިރުންނެވެ.

- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ނިމާލް މުޙައްމަދު ދެއްވި ދަރުސުން

މިއަދު އޮންލައިން