ރޯދަ ހިފޭ ހާލުގައި ހުރި މީހަކު، ފާއިތުވި ރަމަޟާން މަހުން ރޯދައެއް ވީއްލިފައިވާނަމަ މިހިނގާ ޝަޢްބާން މަހުގެ 27 ވަނަ ދުވަހުގެ ކުރިން (މީލާދީ ކަލަންޑަރުން ނަމަ މެއި މަހުގެ 2 ވަނަ ދުވަހުގެ ކުރިން) ޤަޟާކޮށް ނިންމަންވާނެއެވެ.
ނޫންނަމަ ރަމަޟާން މަސް ނިމުމުން ވީހައި އަވަހަކަށް ހިފައި ނިންމަންވާނެއެވެ. އަދި އެކަމަށް ތައުބާވާންވެސް ވާނެއެވެ. އަދި އެ ޙާލަތުގައި ޞަދަޤާތް ކުރުމަކީ ތައުބާ ޤަބޫލުފުޅު ކުރެއްވެވުމަށް އޮތް ފަހި މަގަކަށްވާތީ ޞަދަޤާތް ކުރުމަކީވެސް ކުރަން ވަރަށް ރަނގަޅު ކަމެކެވެ.
ރޯދަ ހިފޭ ޙާލަތުގައި ހުރެ އެއް އަހަރުގެ ރޯދަ އެ އަހަރު ނުހިފުމަކީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ. ފާއިތުވި އަހަރުގެ ރޯދަ ޤަޟާކުރަން ޖެހިފައިވާނަމަ ރަމަޟާން މަސް އައުމުގެ ކުރިން ޤަޟާކޮށް ނިންމުމަކީ ހަމަ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. ނުކޮށް ދޫކޮށްލަން ހެޔޮ ނުވާނެއެވެ! ރޯދައަކީ އެންމެ ބޮޑު އެއް ދަރަންޏެވެ.
- ޝައިޚް ނިމާލް މުޙައްމަދު