ﷲ އާ ﷲ ދެކެ ލޯބިވާ މީސްތަކުން ދެކެ ލޯބިވުމުގެ ތައުފީގް ދެއްވެވުން އެދި ދާވޫދުގެފާނު ކުރެއްވެވި ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ﷲ އާ ﷲ ދެކެ ލޯބިވާ މީސްތަކުން ދެކެ ލޯބިވުމުގެ ތައުފީގް ދެއްވެވުން އެދި ދާވޫދުގެފާނު ކުރެއްވެވި ދުޢާ!

"ހައްދަވާ ގެންގުޅުއްވާ އިލާހް އެވެ! އިބަ ﷲ އާއި އިބަ ﷲ ދެކެ ލޯބިވާ މީސްތަކުންދެކެ ލޯބިވުމުގެ ތައުފީގް މިއަޅާ އަށް ދެއްވަވައިފާންދޭވެ. އަދި އިބަ ﷲ އަށް ލޯބިވުމަށް މަގުފަހިވާފަދަ ޢަމަލުތައް ކުރުމުގެ ތައުފީގް ދެއްވާފާންދޭވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ އަމިއްލަ ނަފްސަށްވުރެ އަދި އަހްލުވެރިންނަށްވުރެ އަދި ފިނިފެނަށްވުރެ އިބަ ﷲ ދެކެވާ ލޯބި އިތުރުކޮށްދެއްވާފާންދޭވެ!"

نْ أَبِي الدَّرْدَاءِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ مِنْ دُعَاءِ دَاوُدَ يَقُولُ

اللَّهُمَّ إِنِّي أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَالْعَمَلَ الَّذِي يُبَلِّغُنِي حُبَّكَ اللَّهُمَّ اجْعَلْ حُبَّكَ أَحَبَّ إِلَيَّ مِنْ نَفْسِي وَأَهْلِي وَمِنْ الْمَاءِ الْبَارِدِ 3490 سنن الترمذي كتاب الدعوات باب ما جاء في عقد التسبيح باليد

ދާވޫދުގެފާނުގެފާނު މިފަދައިން ދުޢާ ކުރެއްވެވިކަމަށް ޙަދީޘްފުޅުގައިވެއެވެ. (ތިރުމިޒީ- 3490)

މާދަކޮށްދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މި ޙަދީޘްފުޅުން އެނގެނީ ﷲ ދެކެ ލޯބިވާ މީސްތަކުން ދެކެ ލޯބިވުމަކީވެސް ކުރަންޖެހޭ ކަމެއް ކަމެވެ. މުސްލިމުން އެކަކު އަނެކަކު ދެކެ ލޯބިވާންޖެހޭ މިންވަރެވެ.

މިއަދު އޮންލައިން