އެ ނޫން އެއްވެސް ގޮތެއް ނެތިގެން ނޫނީ ޤަޟާ ރޯދައަކަށް ހުރެ، ރޯދަ ދޫކޮށް ނުލެވޭނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެ ނޫން އެއްވެސް ގޮތެއް ނެތިގެން ނޫނީ ޤަޟާ ރޯދައަކަށް ހުރެ، ރޯދަ ދޫކޮށް ނުލެވޭނެ!: ޑރ. އިޔާޟް

"އެ ނޫން އެއްވެސް ގޮތެއް ނެތިގެން ނޫނީ ޤަޟާ ރޯދައަކަށް ހުރެ، ރޯދަ ދޫކޮށް ނުލެވޭނެއެވެ!" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޤަޟާކުރަން ޖެހޭ ރޯދަ ހުރި ނަމަ މިއަހަރުން މިހާރު ބާކީ އޮތީ ވަރަށް މަދު ދުވަސްކޮޅެކެވެ. ޝައުބާން މަހުން 27 ވާ، މިފެށޭ މެއި މަހުގެ 2 ވަނަ ދުވަހާއި ހަމައަށެވެ. އެހެންކަމުން ދެން ބާކީ އޮތީ ދެ ހަފްތާއެއްހައި ދުވަހެވެ. 

ޤަޟާ ރޯދައަކީ ކޮންމެހެން ހިފަންޖެހޭ ވަރަށް މުހިންމު ރޯދައަކަށްވާއިރު ޤަޟާ ކުރަން ޖެހޭ ރޯދަ ހުރިނަމަ އެކަންކޮށް ނިންމުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. މަޤްބޫލްއުޒުރެއް ނެތި މިއަހަރުގެ ޤަޟާކުރަންޖެހޭ ރޯދަ އަންނަ އަހަރަށް ފަސްކުރުމެއް ނެތެވެ. 

އިސްލާމް ދީނުގައި އަޅުކަމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ނަމާދަށެވެ. ހައިޟުވެރިޔާއަށް، ޙައިޟުގެ ދުވަސްވަރު ނުކުރެވި ގެއްލޭ ނަމާދު ޤަޟާކުރުމެއް ނެތެވެ. ނަމަވެސް ޙައިޟުގެ ދުވަސްވަރު ގެއްލޭ ރޯދަ ޤަޟާކުރަން ޖެހެއެވެ. ވީމާ ހައިޟުގެ ދުވަސްވަރު ގެއްލޭ ނަމާދު ދަރަންޏަކަށް ނުވާއިރު ގެއްލޭ ރޯދަ ޤަޟާކުރަން ޖެހުމުން، ރޯދަ ޤަޟާކުރަން ދޭންޖެހޭ ސަމާލުކަން އެނގިގެންދެއެވެ. 

- މައުލޫމާތު އިސްލާމް އޮންލައިން

 

 

 

 

މިއަދު އޮންލައިން