7500 އަށްވުރެ ގިނަ މީހުންނާއެކު ސްޕްރިންގ ޑިސްނީ އިންސްޕިރޭޝަން ރަން ބާއްވައިފި

ކިޔުމަށް ހޭދަވާނީ 50ސ
7500 އަށްވުރެ ގިނަ މީހުންނާއެކު ސްޕްރިންގ ޑިސްނީ އިންސްޕިރޭޝަން ރަން ބާއްވައިފި

7500 އަށްވުރެ ގިނަ މީހުންނާއެކު ސްޕްރިންގ ޑިސްނީ އިންސްޕިރޭޝަން ރަން 2019 ޝަންހާއީގައި ބާއްވައިފިއެވެ.

 

މި ދުވުމުގެ 5 ކިލޯ މީޓަރ ގިންތިން އެއްވަނަ ހޯދީ ހަންގޒޫ ގެ ޒޫ ބައޯޖުން އާއި ޝަންހާއީގެ ބެއްލާ ޖިއަންގ އެވެ.

 

މިއީ ކުޑަކުދިންނަށް 3.5 ކިލޯ މީޓަރު އަދި ބޮޑެތި މީހުންނަށް 5 ކިލޯ މީޓަރުގެ ރާސްތާއެއް ދުވަންޖެހޭ ދުވުމެކެވެ.

 

ދުވުން ނިންމުމުން ބައިވެރިންނަށް މެޑެލް ޙަވާލުކުރަނީ ޑިސްނީ ކެރެކްޓަރ ތަމްސީލުކޮށްދޭގޮތަށް ހެދުން އަޅައިގެން ތިބޭ ފަރާތަތަކެވެ. އަދި ދުވުން ނިންމާ ބައިވެރިންނަށް ޑިސްނީ ކެރެކްޓަރތަކާއެކު ވަގުތު ހޭދަކޮށް، ފޮޓޯ ނެގުމުގެ ފުރުޞަތު ލިބެއެވެ.

 

ޔުނައިޓެޑް ސްޓޭޓްސް އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ޑިސްނީ އިންސްޕިރޭޝަން ރަންގެ ސިލްސިލާގެދަށުން ޗައިނާގެ ޝަންހާއީގައި މި ދުވުން އެންމެފުރަތަމް ބޭއްވީ މިދިޔަ އަހަރުއެވެ.

މިއަދު އޮންލައިން