އިސްތިސްޤާ ނަމާދަށްފަހު މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރި ދުޢާ، 7 އުޑުމަތިން އަޑުއައްސަވައިވޮޑިގެންފިކަމުގެ ހެކި ވަނީ ދައްކަވައިފައެވެ. ހަމަ އެވަގުތު ވެއްސެވި ހިމަފޮދު ވާރެއިންނެވެ. ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޝައިޚުގެ ގައިކޮޅުގައިވެސް ރަޙްމަތުގެ ވާރޭ ޖެހުނު ކަމަށެވެ. އަދި ބައެއް ރަށްރަށަށް ވާރޭ ވެހުނު ކަމުގެ މައުލޫމާތުވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ޚުޠުބާގައި ކިޔާފައިވާ ފަދައިން މަސައްކަތް ކުރަންވީ އަމަލުތައް އިޞްލާޙް ކުރުމަށެވެ. ތަޤްވާވެރިކަން އިތުރުމަށެވެ. ކުރެވޭ ފާތަކުން ތައުބާވުމަށެވެ. އެފަދަ ފާފައެއް ދެން ނުކުރުމަށް އަޒުމް ކަނޑައެޅުމަށެވެ. ކީރިތި ޤްރްއާނުގައި ވަނީ "ރަށްތަކުގެ އަހުލުވެރިން، އީމާންވެ، ތަޤްވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންމާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވަވައިދެއްވެވީމުހެވެ."
މިއަދުގެ ޚުޠުބާގައި ވަނީ ﷲ ތައާލާއަށް ދުޢާ ކުރުމުގެ މުހިންމުކަން ބަޔާން ކުރައްވަވައިފައެވެ

ތައުބާވެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރާނަމަ ވާރޭ ވެއްސވަނާކަން ވެސް ޚުޠުބާގައި ވަނީ ބަޔާން ކުރއްވަވައިފައެވެ.

ގިނަގިނައިން މިދުޢާކުރުން އިތުރު ކުރުން ކީއްތޯއެވެ؟
