އެމްޕީއެލް އިން ޓިވެޓާ ގުޅިގެން މީހުން ތަމްރީނުކުރުމުހެ އެއްބަސްވުމަކަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
އެމްޕީއެލް އިން ޓިވެޓާ ގުޅިގެން މީހުން ތަމްރީނުކުރުމުހެ އެއްބަސްވުމަކަށް!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިން އޮތޯރިޓީ (ޓިވެޓް) ގުޅިގެން އެކި ދާއިރާތަކުން މީހުން ތަމްރީނުކުރަން އެއްބަސްވެއްޖެއެވެ.

އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގަން މިއަދު ސޮއިކުރި މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ގެ ދަށުން ޓިވެޓުން ކުރާނެ ކަމަކީ އެމްޕީއެލް އިން ހިންގާ ތަމްރީން ޕްރޮގްރާމްގެ ފެންވަރު ކަނޑައަޅައި، އެ ޕްރޮގްރާމްގެ ބައިވެރިން އިމްތިހާންކޮށް ސެޓްފިކެޓް ދިނުމެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޝާހިދު އަލީއެވެ. ޓިވެޓްގެ ފަރާތުން ސޮއިކުރެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު އެމްޕީއެލްގައެވެ.

މި ތަމްރީން ޕްރޮގްރާމް ގައި އެމްޕީއެލްގެ މުވައްޒަފުންނާއި އެހެން މީހުން ވެސް ބައިވެރިވެވޭނެއެވެ.

 

މިއަދު އޮންލައިން