މީހަކު ގެއަށް ސިހުރު ހަދާތީ ހަށި ރައްކަލަކަށް ކަމަށް ބުނެ ދީފައި އޮތް އެއްޗެއް ނަތާލަން ހަދާނެ ގޮތަކީ އެއްއެޗެއްގައި އަސްޖަހައި ގޮށް ޖަހާފައިވާނަމަ ފަލަޤް ސޫރަތް ކިޔަވަމުން ގޮށްތައް ހަލާކުކޮށްލާނީއެވެ. އަދި އެ އެއްޗެއް ނިއުޅުވާށެވެ! އެހެން ގޮތަކަށް އޮތް އެއްޗެއް ނަމަވެސް ނިއުޅުވެން އޮތް ނަމަ ފަލަޤް ސޫރަތް ކިޔަވަމުން ހުޅުވާށެވެ.

އެއަށްފަހު ސިޙުރު ބާޠިލުކުރާ އާޔަތްތައް ކިޔަވާފައިވާ ފެނަށްލާށެވެ. އެ ނޫން ގޮތަކަށް އޮތް (ބަންދުކޮށް ، ފަތްޖަހާފައި ނުވާ އެއްޗެއް ނަމަ) އޮތް ގޮތަށް ފެނަށް ލާނީއެވެ. ރިހި ފަތް، ލޮއެ ފަތް، ފަދަ މައުދަނެއްގައި ކަނޑައި ނަގާފައިވާ އެއްޗެއް ނަމަ އެއިގައިވާ ލިޔުމުގައި އެއްޗެއް ކާއްތައި އުނިކޮށްލާށެވެ. ދެން އެއަށްފަހު ފެނަށްލާށެވެ. ދެން ފެނުގައި ބާއްވައި ކަރުދާސް ނަމަ ފޯކޮށް އެ އެއްޗެއް ހަލާކުކޮށްލާށެވެ. ކަރުދާސް ނޫން ނަމަ ރަނގަޅީ 3 ދުވަސްވަރު އެފެނުގައި ބަހައްޓާފައި ނަގާ އެ އެއްޗެއް ހަލާކުކޮށްލުމެވެ. އަދި ލިޔުންތަކެއް ވާނަމަ އެ ލިޔުންތައް ފޮހެވިގެން، ނެތިގެންދާނެ ގޮތަކަށް އެއެއްޗެއް ހަލާކުކޮށްލާށެވެ.
ފެނަށް އެންމެ ކުޑަމިނުން ސޫރަތުލްފާތިޙާ، އާތަތުލްކުރުސި، ސޫރަތުލްކާފިރޫން، ސޫރަތުލް އިޚްލާޞް، ފަލަޤް، ނާސް ކިޔަވައި ފުމޭށެވެ. ރަނގަޅީ 3 ނުވަތަ 7 ފަހަރު ކިޔެވުމެވެ. ނުވަތަ އެއަށްވުރެ ގިނަ، އޮނަހިރި އަދަދަކަށް ކިޔެވުމެވެ.
މިގޮތަށް ކަންތައް ކުރުމުން ސިހުރެއް ނަމަވެސް ތަވީދެއް ނަމަވެސް އެއިގެ އަސަރު ކެނޑި ބާޠިލުވާނެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް