"ލާއިލާހަ" އެކަނި ކިޔައިގެން ނުވާނެ! އެ ބުނެވެނީ ކުފުރުގެ ބަހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
"ލާއިލާހަ" އެކަނި ކިޔައިގެން ނުވާނެ! އެ ބުނެވެނީ ކުފުރުގެ ބަހެއް!

 

ވާހަކަ ދައްކަމުން ގޮސް ނަމަވެސް "لا اله" އެކަނި ކިޔައި އެހިސާބުން ހުއްޓާލައިގެން ނުވާނެއެވެ. އެބަހުގެ މާނައަކީ "އިލާހަކު ނުވެއެވެ." ވީމާ އެ ބުނެވެނީ ކުފުރުގެ ބަހެކެވެ. އެންމެ ކުރުކޮށްވެސް ބުނަން ޖެހޭނީ "لا اله الا الله" އެވެ. "މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ." މިވަރަށެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ހަމަ އެކަނި "لا اله" ބައެއް ފަހަރު ބުނެވުމަކީ ދިވެހިންގެ ތެރޭގައި ބައެއް މީހުންނަށް އަދިވެސް ކުރެވެމުން އަންނަ ކަމެކެވެ. އެފަދައިން ބުނަނީ ކަމަކާއިމެދު ކަންބޮޑުވުމުންނެވެ. ނުވަތަ ކަމެއް ދޮގުކުރުމަށްވެސް ބުނެ އުޅެއެވެ. ހަޤީޤަތުގައި އެ ގޮތަށް ބުނެވެމުން އައީ ﷲ ތަޢާލާ މަތިވެރި ކުރުމަށެވެ. އެފަދަ ހާސްކަމުގެ ތެރޭގައިވެސް ﷲ ތަޢާލާ ދެކެ ދެނެވޮޑިގެންވާކަން ހާމަކުރުމުގެ ގޮތުންނެވެ. މިބުނެވޭ ބަހުގެ މާނަ ނުއެނގޭތީ ބުނެވެމުން އައީއެވެ. ވީމާ މިއަދު ކަންކަން އެނގުމުން މިފަދަ ކުފުރުގެ ބަސްތައް ބުނުން މުޅިން ހުއްޓާލަން ޖެހޭނެއެވެ. މީހަކަށް ބުނެވުނު ނަމަވެސް ރަނގަޅު ގޮތް ބުނެދީ އިޞްލާޙްކުރަން ޖެހޭނެއެވެ. އެއިރުން އެ ބަސް އަލުން ބޭނުމެއް ނުކުރާނެއެވެ. 

 

މިއަދު އޮންލައިން