ތިމާއަށް މީހުން ކުރާ އަނިޔާއަށް ކަންބޮޑުވާ މީހާ ފުރަތަމަ ތިމާގެ އަނިޔާއިން އަނބިދަރިންނާ ޢާއިލާ ސަލާމަތްކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ތިމާއަށް މީހުން ކުރާ އަނިޔާއަށް ކަންބޮޑުވާ މީހާ ފުރަތަމަ ތިމާގެ އަނިޔާއިން އަނބިދަރިންނާ ޢާއިލާ ސަލާމަތްކުރާށެވެ!: މުފްތީ މެންކް

އެހެން މީހުން ތިމާއަށް ގެއްލުން ދޭތީ ގިނަ ބައަކު ކަންބޮޑުވެއެވެ. ސުވާލަކީ ތިމާ ކުރާ ކަންކްމުން އެހެން މީހަކަށް ގެއްލުން ދެވޭ ހެއްޔެވެ؟ ތިމާ ކުރާ ކަންކަން ކުރަނީ އެހެން މީހުންނަށް ގެއްލުން ނުލިބޭނެ ގޮތަށް ހެއްޔެވެ؟ 

ދީނީ ޢިލްމުވެރިންގެ ދަރުސްތަކުގަ ޢާއި ޚުޠުބާތަކުގައި އެންމެ ގިނައިން ހަނދާންކޮށްދެވޭ އެއްކަމަކީ މުސްލިމްކަން ފުރިހަމަވާނީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެން ކަމެވެ. ހަނދާންކޮށްދިނުމުގެ ގޮތުން އެންމެ ގިނައިން ކިޔޭ އެއް ޙަދީޘްފުޅަކަށްވާނީ މިކަން ޙާމަކުރައްވަވައި ރަސޫލް (ޞޢވ) ކުރެއްވެވި ޙަދީޘްފުޅެވެ. 

ހަމައެކަނި މަވަރަކުން ވެސް ނުފުދެއެވެ. ދުނިޔޭގެ އެންމެން ހިމެނޭ ގޮތުން މީސްތަކުން ހިމެނޭ ގޮތަށް މީސްތަކުންނަށް ރަޙްމް ނުކުރާ މީހަކަށް ﷲ ތަޢާލާ ގެ ހެޔޮރަޙްމަތްފުޅު މިންވަރު ނުކުރައްވަވާނެ ކަމަށް ވަޙީކުރައްވަވާފައި އޮތް އޮތުންވެސް ގެންދެވެނީ ހަމަ ތަކުރާރުކޮށް  ހަނދާންކޮށްދެވެމުންނެވެ. މިދައްކަނީ ހަމައެކަނި މުސްލިމުންނަށް ރަޙްމް ނުކުރުމުގެ ވާހަކައެއް ނޫނެވެ. ދުނިޔޭގައި ދިރިއުޅޭ އެންމެން ހިމެނޭ ގޮތަށް މުޅި އިންސާނިއްޔަތަށް ރަޙްމް ނުކުރުމުގެ ވާހަކައެވެ. ވީއިރު މިކަންކަމުގައި ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟

"ތިބާއަކީ މީސްތަކުންނަށް ރަޙްމްކުރާ މީހަކީމު ހެއްޔެވެ؟ މައިންބަފައިންނަށާއި އަބިދަރިންނަށް ރަޙްމްކުރަން ހެއްޔެވެ؟ އަޚުންނާއި އުޚުތުންނަށް ރަހްމް ކުރަން ހެއްޔެވެ؟" 

ދީނީ ޢިލްމުވެރިންނަށް އެންމެ ގިނަ ބައަކު ކުރާ ޝަކުވާތަކުގެ ތެރޭގައި ދަރިންގެ ދިރިއުޅުމަށް މައިން ބަފައިން ހުރަސް އެޅުމުގެ މައްސަލަ ފާހަގަކުރެވެއެވެ. ކުދިން (ޅަ ޒުވާނުން) ކުރާ ޝަކުވާގެ ތެރޭގައި ތައުލީމީ ގޮތުން އެކުއްޖާ ކުރިއަށް ދާން ބޭނުން ނުވާ ދާއިރާއަކުން ކުރިއަށް ދާން މައިން ބަފައިން މަޖުބޫރު ކުރުވުން ހިމެނެއެވެ. އަންހެން ކުދިން އެންމެ ގިނައިން ކުރާ ޝަކުވާގެ ތެރޭގައި ބައްޕަ ނުވަތަ މަންމަގެ ޢާއިލާގެ މިވެނި މީހަކާއި ކައިވެނިކުރަން މަޖުބޫރު ކުރުވުން ހިމެނެއެވެ؟ 

ނިކަން ބުނެބަލާށެވެ. މިފަދަ މަޖުބޫރުތައް ކުރުމުން އެކުރެވެނީ އަނިޔާ ނޫން ހެއްޔެވެ؟ ދަރިންގެ ގައިގައި ޖެހުމަކީ އިސްލާމް ދީން ހުއްދަކުރާ އިމުގެ ތެރެއިން ނޫނީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް ޖެހީއެވެ. އެ ތަދު ފިލައި އަދި ގިނަ ދުވަސްވުމުން އެ ހަނދާންވެސް ނެތިގެން ހިނގައިދާނެއެވެ. ނަމަވެސް ދަރިއެއްގެ މުޅި ހަޔާތަށް އަސަރުކުރާނެ ކަންކަމަށް މަޖުބޫރު ކުރުވައިގެން ކުރުވުމުން އެއީ ދަރިފުޅުގެ މުޅި އުމުރަށް ދެވޭ އަނިޔާއަކަށް ނުވާނެ ހެއްޔެވެ؟ 

އަބަދުވެސް ބުނާ ބަހެއް މިއަދުވެސް ހަނދާންކޮށްލައިދޭނަމެވެ. ދަރިން ބޮޑެތި ވުމުން ކުރަން އުޅޭ ކަންކަމުގައި މައިން ބަފައިންނަށް ވިސްނޭ ގޮތް ބުނާށެވެ. ދަރިންނަށް ވިސްނައިދޭށެވެ! ދަރިން އެ ގޮތް ޤަބޫލު ނުކޮށްފިނަމަ ﷲ ތަޢާލާ އަށް ވަކީލުކުރުމާއިއެކު ދަރިން އެދޭ ގޮތަށް ކަންކަން ނިންމުމުގެ ފުރުޞަތުދޭށެވެ. އަދި ދަރިންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ! 

ތިމާއަށް ލިބޭ އަނިޔާ ނުވަތަ ތިމާއަށް މީހުން ކުރާ އަނިޔާ އާއިމެދު ކަންބޮޑުވާ މީހާ ފުރަތަމަ ކަމެއްގެ ގޮތުން ތިމާގެ އަނިޔާއިން ތިމާގެ އަނބިދަރިންނާއި ޢާއިލާ ސަލާމަތްކުރާށެވެ! ކުރިން ބުނިފަދައިން ތިމާގެ ގަދަބާރު ދައްކައިގެން ދަރިންލައްވައި ކުރުވާ ކަމެއްގައި ދަރިންގެ ހަޔާތް ވޭތިކުރާ ކޮންމެ ދުވަހަކީ ތިބާގެ އަނިޔާ ދަރިންނަސް ލިބެމުންދާ ދުވަހެކެވެ. އެކަމަށް ވިސްނާށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން