"އަންހެނަކު ފަރުޟު 5 ނަމާދުކޮށް ރަމަޟާން މަހު ރޯދަ ހިފައި އަދި ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްފިނަމަ ޤިޔާމަތް ދުވަހުން އެކަނބަލުން ސުވަރުގެ ވަނުމަށް އެދޭ ދޮރަކުން ސުވަރުގެ ވައްދަވާނެ" ކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
އަންހެނަކު ރަސޫލް (ޞޢވ) އަށް ދެންނެވިއެވެ. "ފިރިހެނުން ޖިހާދަށް ދެއެވެ. ޖަމާއަތަށް ދެއެވެ. ޖަނާޒާތަކުގައި ބައިވެރިވެއެވެ. އަހަރެމެން އަންހެނުންނަށް އޮތީ ދަރިން ބަލަން ގޭގައި ތިބުމާއި ފިރިންނަށް ޚިދުމަތް ކުރުމެވެ." އޭނާގެ ޝަކުވާއަކީ ﷲ ތަޢާލާގެ މަގުގައި ފިރިހެނުންނަށް ކުރެވޭ ކަންކަން ކުރުމުގެ ފުރުޞަތު އަންހެނުންނަށް ހަނިވެފައިވުމެވެ.
އެކަނބުލޭގެއަށް ރަސޫލް (ޞޢވ) ދެއްވެވި ޖަވާބު އެނގޭ ހެއްޔެވެ؟ "އަންހެނުން ފިރިންނަށް ކިޔަމަންތެރިކަމާއިއެކު ގޭގައި ތިބޭނަމަ ފިރިހެނުންނަށް ލިބޭ ހުރިހާ މަތިވެރިކަމެއް ލިބޭނެތެވެ."
ވީމާ ހަމައެކަނި މިވަރުންވެސް ފިރިންނަށް ކިޔަމަންތެރިކަން އަދާކުރުމުން އަނބިންނަށް ދެއްވަވާނެ ނިޢްމަތްތައް މިއޮތީ އެނގޭށެވެ! ލިބިގަންނަން އަވަހަށް މަސައްކަތްފާށާށެވެ!
- އިމާމް މާޒިން ޢާދިލް