އޯގާތެރިވާން، ހެޔޮ އަމަލެއް ކުރަން ލިބޭ ކިތަންމެ ފުރުޞަތެއްވެސް ދޫކޮށްނުލާށެވެ! އެއީ މީހަކު އަތުން ބިންމައްޗަށް ވެއްޓޭ އެއްޗެއް ނަގައިދިނުން ފަދަ ކުޑަ ކަމެއް ކަމުގައިވީނަމަވެސްމެއެވެ. މަގެއްގެ މަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް އޮންނަ އެއްޗެއް އެއްކައިރިކޮށްލުން ފަދަ ކަމެއް ނަމަވެސްމެއެވެ.
ކިތަންމެ ކުޑަ ނަމަވެސް ހެޔޮކަމެއް ކޮށްފިނަމަ އެކަން ކޮންމެވެސް ސިފައެއްގައި ތިމާ އާއި ދިމާއާއި ދިމާއަށް އެނބުރިއަންނާނެއެވެ. އެހީތެރިކަމަށް ތިބާ ބޭނުންވާ ވަގުތަކު ތިބާއަށް އެހީތެރިވާނެއެވެ. އެއިގެ އިތުރުން މީހަކަށް ކޮށްދެވޭ ކޮންމެ ހެޔޮ އަމަލަކީ ޞަދަޤާތެކެވެ. ވީމާ އެފަދަ ކޮންމެ ކަމެއް ކުރުމުން ތިބާގެ ހެޔޮ އަމަލުތައް ލިޔުއްވަވާ ފަތުގައި ލިޔުއްވަވާނެއެވެ. ތިލަފަތުގައި ތިބާގެ ހެޔޮ އަމަލުތައް ބަރުވެގެންދާނެއެވެ.
ވީމާ އަބަދުވެސް ތިބެންޖެހޭނީ އެހެން މީހަކަށް ނުވަތަ ބައަކަށް ހެޔޮ ކަމެއް ކޮށްދެވޭނެ ފުރުޞަތަކަށް ބަލަބަލައެވެ. އެފަދަ ކިތަންމެ ކުޑަ ފުރުޞަތެއް ލިބުނު ނަމަވެސް ބޭނުން ހިފަން އަވަސްވެގަންނަންވާނެއެވެ. ވިސްނަންވީ ކަމެއް ކޮށްދިނުމުން އެމީހާ ޝުކުރުވެރިވާނެ ކަމަކަށް ނޫނެވެ. މަސައްކަތްކުރަންވީ ކުރެވޭ ހެޔޮ އަމަލުތައް ގިނަކޮށް ތިލަފަތުގައި ހެޔޮކަމުގެ ކޮޅަށް ބުރަވާނެ ކަންކަން ވީހައި ގިނައިން ކުރުމަށެވެ. ސުވަރުގެ ލިބުމަށް މަގުފަހިވާނީ އެއިރުންނެވެ! --މުފްތީ މެންކް