ހެޔޮ ކަންކަމަށް ނަޞޭޙަތްތެރި ނުވާ މީހާއަކީ ގެއްލުމެއްގައިވާ މީހެއް!: ޚުޠުބާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހެޔޮ ކަންކަމަށް ނަޞޭޙަތްތެރި ނުވާ މީހާއަކީ ގެއްލުމެއްގައިވާ މީހެއް!: ޚުޠުބާ

އީމާންވެ ޞާލިޙް އަމަލުތައް ކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން ފިޔަވައި އެހެން މީހުންނަކީ ގެއްލުމެއްގައިވާ ބައެއްކަން ﷲ ތަޢާލާ ވަނީ ޒަމާން ގަންދެއްވަވައި ވަޙީކުރައްވަވައިފައެވެ. އެކަން އެނގިގެންދަނީ ވަލްޢަޞްރި ސޫރަތުންނެވެ. އަދި މިސޫރަތަކީ އިސްލާމް ދީނުގެ އެންމެ މުހިންމު މަގުޗާޓެވެ.

 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދީނަކީ ނަޞޭޙަތް ކަމުގައެވެ. އަދި އެގޮތަށް 3 ފަހަރު ޙަދީޘްފުޅު ކުރެއްވެވުމުން އެއީ ކޮންބައަކަށްތޯ ޞަޙާބީން ސުވާލު ކުރެއްވެވުމުން ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ އެއީ "ﷲ އަށާއި، އެކަލާނގެ ފޮތަށާއި، މުސްލިމުންގެ ވެރިންނަށާއި ޢާންމުންނަށް ކަމަށެވެ." ވީމާ ނަބޭޙަތް ދޭން ނުޖެހޭ ހަމަ އެކަކުވެސް ނެތެވެ.  

އެހެންކަމުން ލޮބުވެތި ޞަހާބީން އެއްބޭކަލަކު އަނެއް ބޭކަލަކާއި ބައްދަލުވެވަޑައިގަންނަވާހިނދު ސޫރަތުލްޢަޞްރި ކިޔަވައި ވިދާޅުވެ. އެ ސޫރަތަށް އަމަލު ކުރެއްވެވުމަށް އެއްބޭކަލަކު އަނެއް ބޭކަލަކަށް އަހުދުވެވަޑައިގަންނަވައެވެ. އަދި ޖަރީރު ބުން ޢަނބްދުﷲ (ރޢ) ވިދާޅުވިއެވެ. "ނަމާދު ޤާއިމުކުރުމަށާއި، ކޮންމެ މުސްލިމަކަށް ނަޞޭޙަތްތެރިވުމަށް، ތިމަން ކަލޭގެފާނު، ރަސޫލާ (ޞޢވ)އަށް ބައިތު ހިއްޕެވީމެވެ.  

ހެޔޮ ނަޞޭޙަތެއް ދިނުމުން ބަލައި ނުގަތުމަކީ ބޮޑާ ކަމެކެވެ.

މީހުންނަށް ނަޞޭހަތް ދޭންޖެހޭނީ އެމީހާގެ ކަރާމާތް ހިފެހެއްޓޭނެ ގޮތަށެވެ.

 

- މިއަދުގެ ޚުޠުބާއިން

 

 

 

 

މިއަދު އޮންލައިން