ޤިޔާމަތް ދުވަހު ކޮންމެ މީހަކާ ﷲ ކުރައްވަވާ 4 ވަނަ ސުވާލަށް ޖަވާބު ދެވޭނީ ސަތޭކައަކުން މީހަކަށް ކަމަށްވެއްޖެނަމަ ޙާލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޤިޔާމަތް ދުވަހު ކޮންމެ މީހަކާ ﷲ ކުރައްވަވާ 4 ވަނަ ސުވާލަށް ޖަވާބު ދެވޭނީ ސަތޭކައަކުން މީހަކަށް ކަމަށްވެއްޖެނަމަ ޙާލަކީ ކޮބާ؟

ތިމާގެ ވަގުތުތައް ހޭދަކުރި ގޮތާމެދު ޖަވާބު ނުދީ ޤިޔާމަތް ދުވަހު ގުޑައިވެސް ނުލެވޭނެއެވެ. އެހެނީ ޤިޔާމަތް ދުވަހު އެމީހަކު ހުރި ފިޔަވަޅުމަތިން ގުޑައިލެވޭނީވެސް 4 ސުވާލަކަށް ޖަވާބު ދީފައެވެ. އެއީ "1 އެމީހާގެ ޢުމުރު ހޭދަކުރީ ކޮން ކަމެއްތޯ؟ 2 އެމީހަކު އުނގެނިފައިވާ ޢިލްމުން އޭނާ ކުރީ ކޮން ކަމެއްތޯ؟ 3 އެމީހެއްގެ މުދައު ހޭދަކުރީ ކޮން ކަމެއްގައިތޯ؟ އާއި އެތަކެތި ހޭދަކުރީ ކޮންކަމަށްތޯ؟ 4 އޭނާގެ ހަށިގަނޑު މުސްކުޅި ކުރުވީ ކޮން ކަމެއްގައިތޯ؟" އެވެ. 

އެހެންކަމުން އުމުރުގެ ދުވަސްތައް ފާއިތުވެގެންދާއިރު ވަގުތު ހޭދަކުރި ގޮތަކާއިމެދު ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. 

މިކަމުގެ އިތުރު ތަފްޞީލު ދެއްވަމުން އިމާމް ވިދާޅުވީ: 

- މިއަދުގެ ޚުޠުބާއިން 

ޞަހާބީންގެ މިފަދަ ބަސްފުޅުތަކުން ޢިބްރަތް ޙާޞިލުކޮށް އެފަދަ އިރުޝާދުތަކަށް އަމަލުކުރާ ބައަކަށް މެނުވީ ސަލާމަތްކްމެއް ނެތެވެ. ޢަބަދުﷲ ބްން މަސްޢޫދު އެންމެ ބޮޑަށް ހިތާމަފުޅު ކުރައްވަވަނީ ކުރީ ދުވަހަށްވުރެ މިއަދު ކުރެއްވެވުނު ހެޔޮ ޢަމަލުތައް މަދުވެދާނެ ކަމަށްޓަކައެވެ. އަދި އެކަލޭގެފާނު އެންމެ ބޮޑަށް ހިތާމަފުޅު ކުރައްވަވާ ދުވަހަކީ ކުރީ ދުވަހަށްވުރެ މަދުން އަޅުކަން ކުރެއްވޭ ދުވަހެވެ. 

ހިސާބު ބަލަންވީ އެދުވަހު ކުރެވުނު ޕޯސްޓްތަކުގެ އަދަދެއް ނޫންނެވެ. ސޯޝަލް މީޑިއާގައި އިތުރުވި "ފްރެންޑުން"ގެ އަދަދެއްވެސް ނުމެނޫންމެއެވެ. ކޮންމެ ދުވަހަކުވެސް ހިސާބުބަލަންވީ އެދުވަހު ކުރެވުނު ހެޔޮ އަމަލުތަކުގެއެވެ. މަސައްކަތް ކުރަންވީ ކުރާ ޕޯސްޓްގެ އަދަދު އިތުރުކުރާކަށްވެސް ނޫނެވެ. އަދި ފްރެންޑުން އިތުރުކުރާކަށް ވެސް ނޫނެވެ. މަސައްކަތްކުރަންވީ ކުރާ ހެޔޮ އަމަލަތުގެ ޢަދަދު އިތުރުކުރުމަށެވެ. 

މިއީ އިސްލާމް ދީނުގައި ކަން އޮތް ގޮތް ނަމަވެސް މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެއްދުވަހުން އަނެއް ދުވަހަށް ވަގުތު ހޭދަކުރުން އިތުރުކުރަމުން މިގެންދަނީ ސޯޝަލް މީޑިއާގައި އާއި ކޮފީ މޭޒުތަކުގައާއި ރެސްޓޯރަންޓްތަކުން ކެއުމުގައެވެ. ހެއަމަލުކުރަން ވަގުތު އިތުރު ކުރާމީހުންގެ ނިޞްބަތް ހމަ ސަތޭކައަކުން އެންމެ އެކެއް ކަމުގައި ބުނުމަކީ ދޮގަކަށްނުވާނެއެވެ. އެހެންކަމަށްވާނަމަ ﷲ ތަޢާލާ ކުރައްވަވާ 4 ސުވާލަށް ޖަވާބު ދެވޭނީ ކޮންގޮތަކަށްތޯއެވެ؟

 

 

މިއަދު އޮންލައިން