މަކަރުހަދާ އޮޅުވާލުމުގެ ސަބަބުން ޗައިނާގެ 3 އެތްލީޓަކު ޢުމުރުދުވަހަށް ސަސްޕެންޑްކޮށްފި

ކިޔުމަށް ހޭދަވާނީ 48ސ
މަކަރުހަދާ އޮޅުވާލުމުގެ ސަބަބުން ޗައިނާގެ 3 އެތްލީޓަކު ޢުމުރުދުވަހަށް ސަސްޕެންޑްކޮށްފި

މަކަރުހަދާ އޮޅުވާލުމުގެ ސަބަބުން ޗައިނާގެ 3 އެތްލީޓަކު ޗައިނީސް އެތްލެޓިކްސް އެސޯސިއޭޝަނުން ޢުމުރުދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

ޗައިނީސް އެތްލެޓިކްސް އެސޯސއޭޝަން (ސީއޭއޭ) އިން ބުނީ އެ 3 އެތްލީޓުން މަކަރުހަދާ އޮޅުވާލައިވަނީ ބޮސްޓަން މެރަތަން 2019 ގައި އެ ޤައުމު ތަމްސީލުކުރާނެ އެތްލީޓުން ހޮވުމަށް ބޭއްވި ކޮލިފިކޭޝަން ދުވުމުގައި ކަމަށެވެ.

ސީއޭއޭ އިން ބުނީ 500އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވި އެތްލީޓަކު އޭނާގެ ބިބް އެހެންމީހަކަށްދީ އޭނާގެ އަސްލު ވަގުތަށްވުރެ ބާރަށް ދުވިކަމަށްދައްކާފައިވާ ކަމަށެވެ. އަދި އެހެން ދެ އެތްލީޓަކު އެމީހުންނަށްދިން ސެޓްފިކެޓްގައި އެމީހުން ރޭސް ނިންމި ވަގުތު ބަދަލުކޮށްފައިވާ ކަމަށެވެ.

މެރަތަން ކޮމެޓީ އާއި ސީއޭއޭ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ އެތްލީޓުންނަށް ޢުމުރުދުވަހުގެ ސަސްޕެންޝަނާއި ބޮޑު ޖޫރިމަނާއެއް އައުމަކީވެސް އެކަށިގެންވާ ކަމެއްކަމަށްވެސް ވަނީ ބުނެފައެވެ.

މިއަދު އޮންލައިން