ޖަމާއަތުގަ ތަރާވީޙް ނަމާދާ ދަމު ނަމާދުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޖަމާއަތުގަ ތަރާވީޙް ނަމާދާ ދަމު ނަމާދުކުރުން!

"ފަރުޟް ނަމާދަށްފަހު އެންމެ މަތިވެރިކަން ބޮޑު ނަމާދަކީ އެހެން މީހުންނަށް ސިއްރުން ގޭގައި އެކަނި ހުރެ ނަމާދުކަން ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. ވީމާ ތަރާވީޙް ނަމާދާއި ދަމު ނަމާދުކުރުންވެސް އެންމެ ރަނގަޅީ ގޭގައި އެކަނި ހުރެއެވެ. ނަމަވެސް އެކަނި ހުރެ ގޭގައި ނަމާދު ނުކުރެވޭނަމަ މިސްކިތުގައި ޖަމާއަތުގައި ކުރުމަކީ ބިދްޢައެއް ކަމަކަށް ނުބުނާނަމެވެ.  

އެކަނި ހުރެ ގޭގައި ނަމާދުކުރާނަމަ ފަސޭހައިން ނިދި އައުމާއި ވަރުބަލިވުން އަވަސްވުން ފަދަ ކަންކަން ބައެއް މީހުންނަށް ކުރިމަތިވެދާނެއެވެ. ނަމަވެސް ޖަމާއަތުގައި ބައިވެރިވެގެން ކުރާނަމަ އެ މައްސަލަތައް ހައްލުވާނެއެވެ. ވީމާ އެސަބަބަށްޓަކައި ޖަމާޢަތުގައި ސުންނަތް ނަމާދު ކުރުމަކީ (ތަރާވީޙް، ދަމުނަމާދު) ކޮށްގެން ނުވާނެ ކަމެއްކަމަކަށްވެސް ނުބުނާނަމެވެ." 

ޝައިޚް ޖަޢްފަރު ފާއިޒް މިމޭރުމުން ވިދާޅުވީ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ތަރާވީޙް ނަމާދާއި ދަމުނަމާދުކުރާތީ އެކަމާއި ގުޅުވައިގެން މީހަކު ދެންނެވި ސުވާލުގެ ޖަވާބުގައެވެ. ރަމަޟާން މަހު މައްކާގެ ޙަރަމްފުޅުގައި ވެސް ތަރާވީޙް ނަމާދާއި ދަމުނަމާދު ކުރަނީވެސް ބޮޑު ޖަމާއަތުގައިކަން ފާހަގަކުރެވެއެވެ. 

މީގެ އިތުރުން ޝައިޚް ޖައްފަރު ވިދާޅުވީ ރަސޫލް (ޞޢވ) ރޭ އަޅުކަން ކުރެއްވެވީ 2 ރަކްޢަތުން 2 ރަކްޢަތުން ކަމަށާއި ފަތިސްވާން ކައިރިވުމުން ވިތުރީގެ 1 ރަކްޢަތް ކުރައްވަވާފައި ނިންމަވާލައްވަވަނީ ކަމަށެވެ. ވީމާ ރޭ އަޅުކަމުގެ ގޮތުގައި ކުރަން ޖެހޭނީ ކިތައް ނަމާދުކަން އަދި ކިތައް ރަކްޢަތްކަން ވިދާޅުވެވެން ނެތް ކަމަށެވެ. އެމީހަކަށް ކުރެވުނު ވަރަކަށް ކޮށްފައި ނިންމާލަންވީ ކަމަށެވެ. 

ޝައިޚް ޖަޢްފަރު ފާއިޒުގެ ވާހަކަފުޅު (ވީޑިއޯ):

 

 

މިއަދު އޮންލައިން