ޤަދަރުވެރިންނަކީ މިއަދު ބޮޑު ގޮނޑީގައި އިންނަ މީހާއެއް ނޫން! ފާފަތަކުން ސަލާމަތްވެ ސުވްރުގެ ވަދެވޭ މީހާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޤަދަރުވެރިންނަކީ މިއަދު ބޮޑު ގޮނޑީގައި އިންނަ މީހާއެއް ނޫން! ފާފަތަކުން ސަލާމަތްވެ ސުވްރުގެ ވަދެވޭ މީހާ!

"އިންސާނާގެ ޤަދަރު އުފުލެނީ ލައިގެން ހުންނަ ފޭރާމަކުން ނޫނެވެ. ނޫނީ އެމީހަކު ހުންނަ ސިފައަކުންވެސް ވެސް ނޫނެވެ. ނޫނީ އެމީޙަކު ދަންނަ ބައެއްގެ ސަބަބަކުންވެސް ނޫނެވެ. އަދާކުރާ މަޤާމަކުންވެސް ނޫނެވެ. ލިބިފައިވާ ތަނަވަސްކަމަކުންވެސް ނޫނެވެ. އަދި އެމީހެއްގެ މާޒީއަކުންވެސް ނޫނެވެ 

ޤަދަރު އުފުލޭނީ އެމީހާ މިއަދު އަމަލުކުރާ ގޮތެއްގެ މައްޗަށެވެ. ވީމާ މާޒީން ޢިބްރަތް ޙާޞިލުކޮށް ޤަދަރުވެރި މުސްތަޤްބަލެއް ހޯދަން މިއަދު މަސައްކަތްކުރާށެވެ. ތިބާގެ ޤަދަރު އުފުއްލަވައި މަތިވެރިކޮށްދެއްވުން ވަނީ ތިބާ އުފެއްދެވި ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ތިބާގެ ޤަދަރު އުފުލުންވަނީ ﷲ ތަޢާލާ އާއި ތިބާ ކުއްތަންވީ މިންވަރަކުންނެވެ. 

ވީމާ ޤަދަރު އުފުލެން ބޭނުންވާ މީހާއަށް ވެސް އޮތީ އިޚްލާޞްތެރިވެ ﷲ ތަޢާލާ އަންގަވާފައިވާ މަގުގައި ސާބިތުވެ ކުރިއަށް ދިއުމެވެ. ޙަޤީޤީ ޤަދަރުވެރިންނަކީ މިއަދު ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނެއް ނޫނެވެ. އަމިއްލަ ޖެޓުތަކުގައި އުދުހޭ މީހުންނެއްވެސް ނޫނެވެ. ޙަޤީޤީ ޤަދަރިވެރިއަކީ ފާފަތަކުން ސަލާމަތްވެގެން ހުރިމީހާއެވެ. ނަރައިގައި މޫނުވަތަށް އޮންނަން ނުޖެހި ސުވަރުގެ ވަދެވޭ މީހުންނެވެ. ބިމުގައި ޤަދަރު އުފުލަން މަސައްކަތް ކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ފައިދާއެއް ކުރާނީ އާޚިރަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރު އުފުލިގެންވާ މީހުންނެވެ. އަދި އެމީހުން މިއަދު މިދުނިޔޭގައިވެސް ވާނީ ޤަދަރު އުފުލިގެންނެވެ."  

- ޝައިޚް އަޙްމަދު އިބްން ސަޢީދު 

މިއަދު އޮންލައިން