ނަރަކައިން ސަލާމަތްވުމަށް ވަރަށް ފަސޭހައިން ކުރެވިދާނެ 7 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ނަރަކައިން ސަލާމަތްވުމަށް ވަރަށް ފަސޭހައިން ކުރެވިދާނެ 7 ކަމެއް!

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބިރުގަންނާނީ ނަރަކަ ދެކެއެވެ. ނަރަކައިގައި މޫނުވަތަށް އޮންނަން ޖެހިދާނެ ކަމަށްޓަކައެވެ. އެހެންކަމުން ނަރަކައިން ސަލާމަތްވުމަށް ވަރަށް ފަސޭހައިން ކުރެވިދާނެ 7 ކަމެއް ބުނެދޭނަމެވެ. 

1- ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވުމާއި ރަސޫލް (ޞޢވ)ގެ ރަސޫލުކަން ޤަބޫލުކުރުމެވެ. މިކަން ފުރިހަމަ ކޮށްގެން ހުރި މީހެއްގެ ގައިގައި ނަރަކައިގައިގެ އަލިފާން ނުބީހޭނެކަން ޙަދީޘުން އެނގެން އެބަ އޮތެވެ. 

ފުރިހަމަ ކުރުމަކީ ﷲ ތަޢާލާ އަށް އީމާންވަމޭ، ރަސޫލް (ޞޢވ)ގެ ރަސޫލްކަން ޤަބޫލުކުރަމޭ ދުލުން ބުނުމެއް ނޫނެވެ. އެކަންކަން ޤަބޫލުކުރާ މީހާ އަމަލުކުރަންޖެހޭނެ ގޮތަށް ޢަމަލުކުރުމެވެ. 

2- އެހެން މީހުންނަށް ހިތްހެޔޮ، އިޚްލާޞްތެރި، އޯގާތެރި ވުމެވެ. 

3- ފަރުޟް 5 ނަމާދަށާއި އެހެންވެސް ފަރުޟުތައް ފުރިހަމައަށް އަދާކުރުމެވެ. އަދި ފަރުޟު ނަމާދުތައް ކުރުމާއިއެކު ސުންނަތް ނަމާދުތައް ވެސް ކުރުމެވެ. 

4-  ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން ކަރުނަ އެޅުމެވެ. 

5- އެމީހަކަށް ވެވުނު މިންވަރަކުން ޞަދަޤާތް ކުރުމެވެ. އެހެނީ ނަރަކައިން ސަލާމަތްވުމަށްޓަކައި ކަދުރު އޮށަކުން ނަމަވެސް ޞަދަޤާތް ކުރުމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

6- ސުންނަތް ރޯދަ ހިފުން ގިނަކުރުމެވެ. މީހަކު ހިފާ ކޮންމެ ރޯދައަކަށް ނަރަކަ އެމީހަކާއި 70 އަހަރުގެ ރާސްތާއަކަށް ދުރުވެގެންދާނެކަން ޙަދީޘުން އެނގެން އެބައޮތެވެ. 

7- ނަރަކައިން ސަލާމަތް ކުރެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރުމެވެ. 

މި 7 ކަންތަކަށް ބެލިނަމަވެސް އެންމެ މުހިންމީ ފުރަތަމަ ބުނި ކަންތަކެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވުމާއި ރަސޫލް (ޞޢވ)ގެ ރަސޫލުކަން ޤަބޫލުކުރުމެވެ. މިކަމުގައި ފޭލްވެއްޖެ ނަމަ އެމީހަކީ އިމްތިހާނުން ފޭލްވެފައިވާ މީހެކެވެ. ހަމަ އެއާއެކު އެކަމުން ފާސްވެއްޖެ ނަމަ ދެންހުރި ކަންކަމުން ފާސްވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން