ދައުލަތުގެ އާމްދަނީއަކަށް އަސަރުކުރާނެ އެގްރީމެންޓަކަށް ބަދަލެއް ގެންނަ ނަމަ މީރާ އަށް އެންގުމަށް އެދިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ދައުލަތުގެ އާމްދަނީއަކަށް އަސަރުކުރާނެ އެގްރީމެންޓަކަށް ބަދަލެއް ގެންނަ ނަމަ މީރާ އަށް އެންގުމަށް އެދިއްޖެ

ދައުލަތުގެ އާމްދަނީއަކަށް އަސަރުކުރާނެ ފަދަ އެގްރީމެންޓަކަށް ބަދަލެއް ގެންނަ ނަމަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އަންގަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީ އިން މިހެން ބުނެފައިވަނީ އާންމުކޮށްފައިވާ ސާކިއުލާ އެއްގައެވެ.

މި ސާކިއުލާ ގައި ބުނެފައި ވަނީ ދައުލަތަށް ދައްކަަންޖެހޭ ފައިސާއަކާ ގުޅޭ ގޮތުން އެގްރީމެންޓަށް އެއްވެސް ބަދަލެއް ގެނައުމުގެ ކުރިން ނުވަތަ އެގްރީމެންޓް ކުރެވިފައިވާ ފަރާތް ބަދަލުވުމުގެ ކުރިން، ނުވަތަ އެގްރީމެންޓް އާ ކުރުމުގެ ކުރިން ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް އެގްރީމެންޓްގެ ބައިވެރިން އެއްބަސްވާ ގޮތެއްގެ މަތިން ދައުލަތަށް ދައްކަންޖެހޭނެ ކަމަށާއި އަދި މިފަދަ އެއްވެސް ބަދަލެއް ގެނެސްފި ނަމަ އެކަން މީރާ އަށް އަންގަންޖެހޭނެ ކަމަށެވެ.

މީގެއިތުރުން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ދައުލަތުގެ އޮފީހަކުން ހަދާފައިވާ ގަވައިދެއްގެ ދަށުން ދައްކަންޖެހޭ ފައިސާއަކާ ގުޅޭ ގޮތުން ބަދަލެއް ގެނައުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދަންޖެހޭނެ ކަމަށާއި އެމިނިސްޓްރީގެ ލަފަޔާ ނުލައި އެފަދަ އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

މިއަދު އޮންލައިން