ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކައުޓުންނަށް ސްވިމިން އެންޑް ރެސްކިއު ޕްރޮގްރާމެެއް ކުރިޔަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 41ސ
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކައުޓުންނަށް ސްވިމިން އެންޑް ރެސްކިއު ޕްރޮގްރާމެެއް ކުރިޔަށް ގެންގޮސްފި

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކައުޓުންނަށް ސްވިމިން އެންޑް ރެސްކިއު ޕްރޮގްރާމެއް ދިއްދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

60 ސްކައުޓުންނާ އެކު އެޕްރީލް 27 ވަނަ ދުވަހު ކުރިއަށް ގެންދިޔަ  މި ޕްރޮގްރާމުގައި، މޫދުގައި ގެނބިގެން އުޅޭ މީހެއް ސަލާމަތް ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކާއި އެފަދަ މީހަކަށް ފުރަތަމަ ދޭނެ ފަރުވާތަކަކީ ކޮބައިކަން ބުނެދީފައިވެއެވެ. އަދި އެފަދަ މީހަކު ރައްކާތެރި ކަމާއެކު މޫދުން އެއްގަމަށް ގެނެސް ބާއްވާނެ ގޮތާއި އުފުލާނެ ގޮތްތައް ކިޔައިދީފައިވެއެވެ.

މީގެ އިތުރުން ގެނބިގެން އުޅޭ މީހަކު ސަލާމަތްކުރުމަށްޓަކައި ކުރަންވީ ކަންކަން އިތުރަށް އޮޅުންފިލުވައި ދިނުމަށްޓަކައި އެފަދަ ހާދިސާތަކެއް ތައްޔާރުކޮށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

 

މިއަދު އޮންލައިން