ހުޅުމާލޭގަ ކާރަކާ ސައިކަލެއް އެކްސިޑެންޓްވެ މާބަނޑު އަންހެނަކަށް އަނިޔާވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
ހުޅުމާލޭގަ ކާރަކާ ސައިކަލެއް އެކްސިޑެންޓްވެ މާބަނޑު އަންހެނަކަށް އަނިޔާވެއްޖެ

މިއަދު ހެނދުނު ހުޅުމާލޭގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓްވެ މާބަނޑު އަންހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގީ ހުޅުމާލޭ ހުވަނދު މާރުކޭޓް ގޯޅިން ނުކުތް ކާރެއް ބޮޑުމަގު އިރުން ހުޅަނގަށް ދުއްވާފައި ދިއަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލް ފަހަތުގައި އިން އަންހެނަކަށް ކަމަށާއި އޭނާގެ ވައަތު ފައިގެ ކުޑަހުޅުމަތިން ދެތަނަކުން ކަފައިގެން ގޮސްފައިވާކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުން އަނިޔާ ލިބުނީ 37 އަހަރުގެ މާބަނޑު އަންހެނަކަށެވެ.

މިއަދު އޮންލައިން