މެދުމިނަކީ އިސްލާމް ދީނުގަ އޮތް ގޮތް!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މެދުމިނަކީ އިސްލާމް ދީނުގަ އޮތް ގޮތް!: ޝައިޚް ޢަލީ ޒައިދު

މެދުމިނަކީ އިސްލާމް ދީނުގައި ކަންކަން އައިސްފައިވާ ގޮތް ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

"މެދުމިނުގެ މާނަ ނުބައިކޮށް ނުނަންގަވާށެވެ. މެދުމިނަކީ އިސްލާމް ދީނުގައި ކަންކަން އައިސްފައިވާ ގޮތެވެ. ދުވާލަކު 1 ނަމާދުކުރުމާއި، ބަނގުރާ ބުއިމާއި، ޑީޖޭއަށް ގޮސްލުން ފަދަ ކަންކަމަކީ މެދުމިނަކަށް ނުވާނެއެވެ. މީގެ އަނެއްކޮޅު ކަމުގައިވާ ފެންނަހައި މީހަކު ކާފަރުކޮށްފައި ގެއްލުން ދިނުމަކީވެސް މެދުމިނަކަށް ނުވާނެއެވެ. މި ހުރިހާ ކަންކަމަކީ މެދުމިނާ ޚިލާފް ބާޠިލް ކަންތައްތަކެވެ." 

ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި އިސްލާމް ދީނަކީ މެދުމިނުގެ ދީން ކަމަށް ބުނެވެނީ އެއްވެސް ކަމެއްގައި ހައްދުފަހަނައަޅައި ދިއުން ނެތީމައެވެ. އެގޮތުން މިސާލުދައްކަވަމުން ވިދާޅުވެފައިވަނީ ބައެއް ދީންތަކުގައި އަޅުވެރިކަން ދެއްކުމަށްޓަކައި ކައިވެނި ނުކޮށް ތިބެން  އޮންނައިރު އިސްލާމް ދީނަކީ އެމީހެއްގެ ކިބައިގައި ކުޅަދާނަކަން ހުރި ނަމަ އެންމެންވެސް ކައިވެނިކޮށްގެން އުޅުމަށް ބާރުއަޅާ ދީން ކަމަށެވެ.

މިއަދު އޮންލައިން