މިއުންމަތުގެ މާތް ނަބިއްޔާ، ރަސޫލް (ޞޢވ) ގެ ނަންފުޅުތަކުގެ ތެރެއިން ޢާންމުކޮށް އެނގެނީ ދެ ނަމެވެ. އެއީ މުޙައްމަދާއި އަޙްމަދު އެވެ. އެހެންކަމުން މި ހަދީޘްފުޅު އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިޙަދީޘްފުޅުން އެނގިގެންދަނީ މުޙައްމަދު އާއި އަހްމަދުގެ އިއިތުރުން الْمَاحِي އާއި الْحَاشِرُ އާއި الْعَاقِبُ އަކީވެސް ރަސޫލް (ޞޢވ)ގެ ނަންފުޅުތައް ކަމެވެ.
ހަމައެއާއިއެކު އިތުރު މާތް ނަބިއްޔާއަކީ (ޞޢވ) އަކީ ކުފްރުގެ އެންމެކަމަކުން ސަލާމަތްވެޑައިގެންވާ ބޭކަލެއް ކަމެވެ. ޤިޔާމަތް ދުވަހު މި އުންމަތުގެ އެންމެހައި މީސްތަކުން ޖަމާވާނީ އިތުރުމާތް ނަބިއްޔާ (ޞޢވ) ގެ އަރިއަހަށް ކަމެވެ. އަދި ރަސޫލް (ޞޢވ) ގެ ރަސޫލް ކަމާއިއެކު އެއިގެ ކުރީގެ ހުރިހާ ރަސޫލްބޭކަލުންގެ ރަސޫލުކަން ޚަތިމްވެފައިވާ ކަމެވެ.