ޚަބަރުގައިވާ ވީޑިއޯ އިން ފެންނަގޮތުގައި އޭނާ ސަޖިދައަށް ގޮސްފައި ނުތެދުވަނީއެވެ. ފެންނަގޮތުން އޭނާ ސަޖިދަކުރީ ކޮންމެވެސް ކަމެއް އިޙްޞާޞް ކުރެވިގެންނެވެ. އެއީ އޭނާ ސަޖިދަކުރީ ރުކޫޢު ނުކޮށް ކަމަށްވާތީއެވެ. އޭނާ ސަޖިދައިން ނުތެދުވެ އޮތީ މަރުވުމުންކަން އެނގުނީ ނަމާދު ނިންމައި ބެލުމުންނެވެ.
އިންސާނާ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވާނީ ސަޖިދައިގައި އޮންނަ ވަގުތުގައެވެ. ވީމާ އޭނާއަށް އެ ދެއްވެވީ އެންމެ މަތިވެރި ނިޢްމަތެވެ. އެންމެ ރަނގަޅު މަރަކީ ސަޖިދައިގައި އޮއްވައި ފުރާނަ ހިއްޕެވުންކަމަށް ބައެއް ޢިލްމުވެރިން ވިދާލުވެފައިވެއެވެ.