އިސްލާމް ދީން ފުނުޑުފުނޑުވެގެންދާނީ ޖާހިލިއްޔަތު ނުދަންނަ މުސްލިމުންގެ ތެރެއިން އުފަންވާ ބައެއްގެ ސަބަބުން ކަމަށް ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު )ޞޢވ) ދުނިޔެ ދޫކުރެއްވެވިއިރު އިސްލާމް ދީން އޮތީ ހަމައެކަނި އަރަބި ކަރައިގެ ތެރޭގައެވެ. އެހެންނަމަވެސް ޢުމަރުގެފާނުގެ ޚިލާފަތުގައި މިޞުރާއި ފާރިސްކަރަ ފަދަ ޤައުމުތައް މުސްލިމުންގެދަށަށް އައެވެ. އަދި އެކަންކަން އެގޮތަށް ވާނެ ކަމުގެ ޚަބަރު ކައު އިތުރު ރަސޫލާ މުޙައްމަދު )ޞޢވ) ވަނީ ދެއްވަވަވައިފައެވެ.
މިފަދަ އުފާވެރިކަމުގެ ޚަބަރުތައް ދެއްވެވުމަށްފަހުގައިވެސް ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ޚަބަރުތަކެއްވެސް އިތުރު އެކަލޭގެފާނު ވަނީ ދެއްވަވައިފައެވެ.
ކައު އިތރު ރަސޫލާ (ޞޢވ) ގެ ހަދީޘްފުޅެއްގައި ވެއެވެ. "އިސްލާމް ދީނުގެ އުޅައްތައް އުޅަކަކުން ބިނދިގެން ދާނެ ދުވަސް އެބަ ކައިރިވެއޭ. އެއީ އިސްލާމްދީނުގައި އުފަންވެ، މިދީނުގައި އުޅެ ބޮޑުވާ ބައެއްގެ އަތުންނޭ ޖާހިލިއްޔަ ޒަމާން ނުދަންނަ."
އިސްލާމް ދީން ފިޔަވައި އެހެން ހުރިހާ އެއްޗަކީ ނުވަތަ ދީންތަކަކީ ޖާހިލިއްޔަތެވެ. "އިސްލާމް ދީނަކީ މާތް ﷲ ގެ ވަހީ. އެހެން ހުރިހާ އެއްޗަކީ ޖާހިލިއްޔަތު. މިދީން ހަލާކުވާނީ ޖާހިލިއްޔަތު ނުދަންނަ ބައެއްގެ ސަބަބުން."
އިސްލާމް ދީނަކީ އެންމެ މަތިވެރި، އެންމެ މާތް ދީނެވެ. އެހެން ނަމަވެސް އެކަން އެނގޭނީ ޖާހިލިއްޔަތު އެނގުމުންނެވެ. ޖާހިލިއްޔަ ޒަމާނުގައި ކަންކަން ހިނގައިދިއަ ގޮތް ވެސް އެނގުމުންނެވެ.
(މިއީ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން މިދިއަ އަހަރު ކުރިއަށް ގެންދިއަ އިހްޔާ ޕްރޮގްރާމްގެ ތެރެއިން އިސްލާމީ މަރުކަޒުގައި ބޭއްވި ފޯރަމެއްގައި ޝައިޚް އާދަމް ޝަމީމް ދައްކަވާފައިވާ ވާހަކަފުޅެކެވެ. ސްރީލަންކާގަ ޢާއި އެހެންވެސް ޤައުމުތަކުގައި މިއަދު ހިނގަމުން މިދަނީ ޝައިޚް ބަޔާން ކުރައްވަވާފައިވާ ކަންކަން ކަމުގައި ފާހަގަކުރެވެއެވެ.)