ނަމާދުގައި ސަފުތައް ފުރާމީހުންގެ އުނިކަންތައްތައް ﷲ ފުރުއްވައިދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ނަމާދުގައި ސަފުތައް ފުރާމީހުންގެ އުނިކަންތައްތައް ﷲ ފުރުއްވައިދެއްވަވާނެ!

ނަމާދު ފުރިހަމަވާނީ ސަފުތައް ފުރާލައިގެންނެވެ. ނަމާދުގައި ސަފު ހެދުމަށް ރަސޫލް (ޞޢވ) އަނގަވައިދެއްވަވައިފައިވާ ގޮތަށް ސަފު ހެދުމުންނެވެ. ފައިއާއި ފައި، ކޮނޑާއި ކޮޑު ޖައްސަން އިމާމް އެ ގޮވާލަނީ އޭނާގެ އަމިއްލަ ބަހެއް ނޫނެވެ. އެއީ އެކަން ކުރަން އޮތް ގޮތެވެ.

އެނގޭ ހެއްޔެވެ؟ ސަފުތަކުގައި ހުންނަ ހުސް ޖާގަތައް ފުރާމީހުންގެ އުނިކަންތައްތައް މާތް ﷲ ފުރުއްވައިދެއްވަވާނެއެވެ. 

ތަރާވީސް ނަމާދު ފަދަ ބައެއް ނަމާދުތަކުގައި ބައެއް ފަހަރު ސަފުތަކުން ޖާގަ ހުސްވެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ޖާގަ ހުސްވެއްޖެ ނަމަ އެޖާގަ ފުރަންޖެހޭނެއެވެ. ނަމާދަށް ހުއްޓައި ކުރިމަތިން ޖާގައެއް ހުސްވެއްޖެނަމަ އެ ޖާގަ ފުރުމަށްޓަކައި ހަރަމްބަނދެގެން ހުރެ ކުރިއަށް ދެވޭނެއެވެ. އަދި އަރިމައްޗަށް ޖެހެން ޖެހިއްޖެ ނަމަ އަރިމައްޗަށްވެސް ޖެހެވޭނެއެވެ. އަދި އެއީ ކުރަންވެސް ޖެހޭނެ ކަމެކެވެ. 

ތަރާވީސް ނަމާދުގައި 8 ރަކްއަތް ކޮށްފައި ފައިބާ ބައަކު އުޅެއެވެ. އެމީހުން ފޭބުމުން ސަފުތަކުން ގިނަ އަދަދެއްގެ ޖާގަ ހުސްވެއެވެ. އެހާލަތުގައި އަމަލުކުރަންޖެހޭނެ ގޮތަކީ ފަހަތުގައި ތިބި ބައަކު ކުރިއަށް އަރައި ޖާގަތައް ފުރުމެވެ. 

މިއަހަރުގެ ރަމަޟާން މަސްވެސް ދާދި އަވަހަށް ބައްދަލުކުރާނެއެވެ. ހަމަ މިފަދަ މައްސަލަތައް ކުރިމަތިވާނެއެވެ. ވީމާ މިފަދަ ކަންކަން އޮޅުން ފިލުވައި ހޭލުންތެރިވުމަކީ ކިތަންމެހައިވެސް މުހިންމު ކަމެކެވެ. އަދި މިކަމުގެ ފައިދާއަށް ނިކަން ވިސްނައިލަބަލާށެވެ. ފަށަމުން ބުނި ފަދައިން ނަމާދުގެ ސަފުތަކުގައި ހުންނަ ހުސް ޖާގަތައް ފުރާމީހުންގެ އުނިކަންތައްތައް މާތް ﷲ ފުރުއްވައިދެއްވަވާނެތެވެ. މިއީ ކޮންފަދަ މަތިވެރި ނިޢްމަތެއްތޯއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން