ބައަކު ބުނެފާނެ ބަހަކަށްޓަކައި ނުވަތަ އަޅުވައިފާނެ އިލްޒާމަކަށްޓަކައި ބިރުން އިސްލާމް ދީނުގައި ބަޔާންވެގެންވާ ކަކްކަން ކުރަން ފަސް ޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. "އަޅުގަނޑުމެންގެ ފުރާނަ އަޅުއްވަވަނީ އަދި ފުރާނަ ގެންދަވަނީ އެމީހުންތޯ؟ ރިޒުޤު ދެއްވަވަނީ އެމީހުންތޯ؟ ސަލާމަތާއި ރައްކައުތެރިކަން ދެނީ އެމީހުންތޯ؟ ބަލިވީމާ ޝިފާ ދެނި އެމީހުންތޯ؟"
މުސްލިމުންނަކީ މުސްލިމުން ކަމަށް ބުނަން ބިރުގަންނަން ނުޖެހޭނެ އެވެ. ހަރުކަށީވެސް ހައްދުފަހަނައަޅައި ގޮސް ތިބީވެސް މާތް ﷲ އަށް އުރެދިގެން ތިބި ކާފަރުންނެވެ. އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރާނަމަ އެމީހަކާއިމެދު މިހާރު ބަލަނީ އެއީ ހަރުކަށި ނުވަތަ ހައްދު ފަހަނައަޅާފައި ހުރި މީހެއް ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ހަޤީޤަތެއް ނޫނެވެ. ހަޤީޤަތުގައި ހަރުކަށީވެސް އަދި ހައްދު ފަހަނައަޅައި ގޮސްފައިވަނީ ވެސް މާތްﷲ އަށް އުރެދިގެން ތިބި ކާފަރުން ނެވެ.
ބައަކު ކިތަންމެ ވަރަކަށް ރުޅި އައި ނަމަވެސް ޢަމަލުކުރަން ޖެހޭނީ އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް ފުރިހަމައަށް ތަބަޢަވާން އަދި ސުންނަތަށް ފުރިހަމައަށް އަމަލުކުރަން ޖެހޭނެ އެވެ. އެކަންކަން ކުރުމަކީ ހައްދުފަހަނައަޅައި ދިއުން ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި ހައްދު ފަހަނައަޅައި ދިއުމަކީ އެކަންކަމަށް އަމަލު ނުކުރުމެވެ.
ބިރުގަންނަންވީ ހުރިހާ ނިއުމަތްތަކެއް މިންވަރުކުރައްވަވާ އަދި ކޮންމެ މީހަކަށްވެސް އާޚިރަތް ދުވަހުން ކުރިމަތިލާންޖެހޭނެ މާތް ﷲ އަށް އެކަންޏެވެ. އިތުރު އެއްވެސް ފަރާތަކަށް އެއްވެސް ވަރަކަށް ބިރުގަތުމެއް ނެތެވެ.
- ޝައިޚް ޖައްފަރު ފާއިޒްގެ ދަރުސަކުން