ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު ކުޑަކުދިން ލައްވާ ކުރުވާ ކަންކަމަކީ އިސްލާމް ދީނާއި ގުޅުން ހުރި ކަންކަމަށް ހެދިދާނެއެވެ.
އެގޮތުން އިސްލާމް ދީނާއި ގުޅުންހުރި ކުރެހުންތަކުގައި ކުލަޖެއްސުވުމާއި އަދި ކިޔައިދޭ ވާހަކަތަކަކީވެސް އިސްލާމް ދީނާއި ގުޅުން ހުރި ވާހަކަތައް ކަމުގައި ހެދިދާނެއެވެ. އާންމުކޮށް ލިބެން ހުރި އަދަދު މަދު ނަމަވެސް ބައެއް ބުކްޝޮޕްތަކުން ނަބީބޭކަލުންގެ ސިޔަރަތުގެ ވާހަކަތައް ތަޞްވީރުން ކުރަހައި ކުލަޖައްސާ ފޮތުގެ ގޮތުގައި ވިއްކަމުން އެބަ ގެންދެއެވެ.
މިބާވަތުގެ ވާހަކަތަކުގައި ކުލަޖައްސުވާއިރު އެ ވާހަކައެއް ދަރިންނަށް ކިޔައިދީ ދަރިންގެ ޝައުޤުވެރިކަން ހޯދަން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ވެސް ފާހަގަކުރެވެއެވެ. އެހެނީ ކުއްޖާއަށް އެ ކަމުން ހަޤީޤީ ފައިދާއެއް ކުރާނީ އެއިރުން ކަމުގައި ވާތީއެވެ.