ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު ރަޙިމުގެ ގުޅުން ދަމަހައްޓަން ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު ރަޙިމުގެ ގުޅުން ދަމަހައްޓަން ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ތިމާ އާއި ގުޅުން ބާއްވާ މީހުންނާއިއެކު އެކަނި ގުޅުން ބަދަހިކުރުމެއް ނޫނެވެ. ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ތިމާ އާއި ގުޅުން ކަނޑާ މީހުންނާއި ގުޅުން ބަދަހިކުރުމެވެ. ނަމަވެސް ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތިމާ އާއި ގުޅުން ބާއްވާ މީހުންނާއިއެކު ގުޅުން ބޭއްވުމުން ރަހިމުގެ ގުޅުން ދެމެހެއްޓުނީ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫނެވެ. 

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ތިމާ އާއި ގުޅުން ބަދަހިކުރާ މީހުންނާއި ގުޅުން ބޭއްވުމާއިއެކު ތިމާ އާއި ގުޅުން ނުބާއްވާ މީހުންނާއިއެކުވެސް ގުޅުން އުފެއްދުމެވެ. އަދި އެފަދައިން މަސައްކަތްކުރާ މީހުންނަށް މާތްﷲ އެތައް ގިނަ ނިއުމަތްތަކެއް މިންވަރުފުޅު ކުރައްވަވާނެތެވެ.    

ދަރީންނާއިމެދު ހަމަހަމަކަމާއިއެކު އަމަލުކުރުމާއި ދަރިންނާއި އަޅާލައި ބެލެހެއްޓުމަކީ މައިން ބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެންކަމާއިއެކުވެސް ދަރީންނާއިމެދު މައިން ބަފައިން ކޮންމެ ގޮތަކަށް އަމަލުކޮށްފައިވީ ނަމަވެސް އެކަމަށް ބަދަލު ހިފައިގެން ނުވާނެ އެވެ.   

އެހެނީ މައިން ބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތުމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ވަރަށް ގަދައަށް އަމުރުފުޅު ކުރައްވަވާފައެވެ. އެމީހަކަށް އަމުރުވެވިގެންވާ ކަމެއް އެމީހަކު ކުރަން ޖެހޭނެއެވެ. 

ރަމަޟާން މަސް ފެށިގެން ކުރިއަށް ދަނީއެވެ. މިއީ ރަހިމުގެ ގުޅުން ބަދަހިކުރަން ޚާއްބަ ސަމާލުކަމެއް ދޭން ޖެހޭނެ މައްސަރެކެވެ. ރަހިމުގެ ގުޅުން ބަދަހިކުރާ މީހުން ކުރާ ކަންކަމުގައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވާނެތެވެ! 

- އައްޝައިޚް ނިމާލް މުހައްމަދު ބިން ރަޝީދުގެ ދަރުސަކުން  

މިއަދު އޮންލައިން