ޤްރުޢާނުގަ ހުރި އެންގެވުންތައް ނިޞްބަތް ކުރައްވަވާފައި ވަނީ ތިމާއަށް ކަމަށް ވިސްނައިގެން އެންމެ ފަހަރަކު ކިޔެވިނަމަވެސް މީހާ އިޞްލާޙް ވާނެ: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޤްރުޢާނުގަ ހުރި އެންގެވުންތައް ނިޞްބަތް ކުރައްވަވާފައި ވަނީ ތިމާއަށް ކަމަށް ވިސްނައިގެން އެންމެ ފަހަރަކު ކިޔެވިނަމަވެސް މީހާ އިޞްލާޙް ވާނެ: ޝައިޚް ނިމާލް

ކީރިތި ޤްރުޢާނުގަ ހުރި އެންގެވުންތައް ނިޞްބަތްކުރައްވަވާފައި ވަނީ ތިމާއަށް ކަމަށް ވިސްނައިގެން އެންމެ ފަހަރަކު ކިޔެވިނަމަވެސް މީހާ އިޞްލާޙް ވާނެ ކަމަށް ޝައިޚް ނިމާލް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ޖަމީލް ގައި ދަރުސް ދެއްވަމުން ޝައިޚް ނިމާލް ވިދާޅުވީ ރަމަޟާން މަހަކީ ކީރިތި ޤްރްއާނުގެ މައްސަރުކަމަށްވުމުން ގިނަ ބައަކު ބަލަނީ ވީހައި ގިނައިން ޚަޠިމް ކުރަން ކަމަށެވެ. ގިނައިން ޚަޠިމް ކުރުމަކީ ވަރަށް ރަނގަޅު، ފައިދާހުރި ކަމެއް ކަމަށާއި ނަމަވެސް ކުރެވުނު ޚަޠިމުގެ އަދަދުގެ ވާހަކަ ދައްކައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. 

ޝައިޚް ނިމާލް ވިދާޅުވީ އެންމެ މުހިންމީ ކީރިތި ޤްރުއާނުގެ މާނަ އެނގުން ކަމަށެވެ. "ނިކަން މީހަކު ގޮތް ބަލައިލަންވެސް ކީރިތި ޤްރްއާނުގައި އަންގަވާފައިވާ އެންގެވުންތައް ﷲ ތަޢާލާ ނިޞްބަތް ކުރައްވަވާފައި އެވަނީ ތިމާއަށް ކަމަށް ވިސްނައިގެން ވިސްނުންތެރިކަމާއިއެކު ކީރިތި ޤްރުއާނުގެ މާނަ އެއްކޮޅުން އަނެއްކޮޅަށް އެންމެ ފަހަރަކު ނަމަވެސް ކިޔާލަބަލަ. އެމީހަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ. އެމީހާ އިޞްލާޙްވާނެ." ޝައިޚް ނިމާލް ވިދާޅުވިއެވެ. 

މިއަދު އޮންލައިން