ރަމަޟާން މަހު ލެއްވިގެންވާ އެންމެ މާތް އެއް ނީޢްމަތަކީ ފާފަ ފުއްސެވުމުގެ ނިޢްމަތެވެ. ރަސޫލް (ޞޢވ)ގެ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އިޚްލާޞްތެރިކަމާއި އީމާންތެރިކަމާއިއެކު، ﷲ ތަޢާލާގެ ޙަޟްރަތުގައިވާ ސަވާބާއި ދަރުމައަށް އެދިގެން ރޯދަ ހިފައިފި މީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވައެވެ.
ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި މި ޙަދީޘްފުޅުގައި ބަޔާން ކުރައްވަވާފައި އެވަނީ ކުދި ފާފަތަކުގެ ވާހަކަތަކެވެ. ބޮޑެތި ފާފަތަކުން ތައުބާވާވުމަކީ ކޮންމެހެން ކުރަން ޖެހޭ ލާޒިމް ކަމެކެވެ. ވީމާ ހިނގަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކަކީ އަޅުގަނޑުމެން ގިނަގިނައިން އިސްތިޣްފާރުކޮށް ކުރެވިފައިވާ ފާފަތަކުން ސަލާމްތަވެވޭތޯ މަސައްކަތްކުރާ ދުވަސްތަކަކަށް ހަދަން މަސައްކަތްކުރަމާ ހިންގަވާށެވެ.
--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
https://t.co/jml2oSD88W pic.twitter.com/KGyLUdR45N
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 10, 2019