އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ރަމަޟާން މަސް ވަރަށް ބޮޑަށް ޚާއްޞަކޮށްލައިފިއެވެ.
ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އިހްޔާ ފޯރަމް އާއި ދަރުސް ޕްރޮގްރާމްތަކުގެ އިތުރުން ކޮންމެ ދުވަހަކުވެސް ގެންދަނީ ދީނީ ސުވާލުތަކަށް ޖަވާބު ދިނުމަށް ޚާއްޞަ ސެޝަނެއް ހިންގަވަމުންނެވެ. އިސްލާމީ މަރުކަޒުގެ އުތުރުފަޅީގައި މިހަރަކާތް ކުރިއަށް ގެންދަވާއިރު ދެކުނުފަޅީގައި ތަޖްވީދު މަގަށް ކީރިތި ޤްރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމެއް ގެންދަވަނީ ހިންގަވަމުންނެވެ.

އިސްލާމިކް މިނިސްޓްރީން މި ދެ ޕްރޮގްރާމް ވެސް ކުރިއަށް ގެންދަވަނީ ޢާންމުކޮށް ހުޅުވާލައްވައިގެންނެވެ. ވީމާ މިފަދަ މަތިވެރި މައްސަރެއްގައި ކުދިން މިފަދަ ޕްރޮގްރާމެއްގައި ބައިވެރިކުރުވުމަކީ އެކުދިންނަށް ވަރަށް ފައިދާ ކުރާނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ. ހަމައެފަދައިން ވަގުތުތައް ބޭކާރުކޮށްލުމުގެ ބަދަލުގައި ދީނީ ގޮތުން އޮޅުންފިލުވަން ހުރި ކަންކަން އޮޅުން ފިލުވުމަކީވެސް މަތިވެރި އަޅުކަމެކެވެ.