މީރާ މެދުވެރިކޮށް މިދިޔަ މަހު 1.31ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
މީރާ މެދުވެރިކޮށް މިދިޔަ މަހު 1.31ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ!

މީރާ މެދުވެރިކޮށް މިދިޔަ މަހު 1.31 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާކަމަށް މީރާ އިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހިސާބުތައް ދައްކާ ގޮތުން މިފައިސާ އަކީ އެ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 6.3 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާއިރު ވެސް 12 ޕަސެންޓު އިތުރު އަދަދެކެވެ.

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރިއިރު ޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 875 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

 

މިއަދު އޮންލައިން