މިސްކިތްތަކުގެ ޙުރުމަތް ދަމަހައްޓަން ޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މިސްކިތްތަކުގެ ޙުރުމަތް ދަމަހައްޓަން ޖެހޭ!

ދިވެހިންނަކީ ޒަމާނުންސުރެ މިސްކިތްތަކުގެ ޙުރުމަތް ވަރަށް ބޮޑަށް ދަމަހައްޓަމުން އަންނަ ބައެކެވެ. މިސްކިތަކީ ހަމައެކަނި މިސްކިތުގެ ނަމާދުކުރާ ބައި ކަމަށް ދިވެހިން އެއްވެސް އިރަކު ބަލައިގެންފައެއް ނުވެއެވެ. މިސްކިތުގެ ހަރިންމަ ނުވަތަ ހަތަރުފާރުން އެތެރެއަކީ ދިވެހިން އަބަދުވެސް ވަރަށް ބޮޑަށް ޙުރުމަތްތެރިކޮށް ހިތާ ސަރަހައްދެކެވެ. 

މިސްކިތަށާއި މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެ އުޅޭއިރު ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ފޭރާން ނުލާނަމަ އެއީ މިސްކިތަށް ދޭންޖެހޭ ޙުރުމަތް ދެވުނީ ކަމަށް ބަލައިގަތުން އެއީ ﷲ ތަޢާލާއަށް ބިރުވެތިވާ މުސްލިމުންނަށް ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. 

އިސްލާމީ މަރުކަޒަށް ބެލި ނަމަވެސް މަރުކަޒުގެ މިސްކިތް ހުންނަ ފަންގިފިލާތަކަށް އަންހެނުން އަރައި އުޅެނީ މުސްލިމުން ފޭރާންލައި އުޅޭ ގޮތަށް ފޭރާން ލައިގެންނެވެ. ނިވާކުރަން ޖެހޭ ސަރަހައްދުތައް ނިވާކޮށްގެންނެވެ.

މިއަދު އޮންލައިން