ﷲ ގެ ޙަޟްރަތުގަ ދުނިޔެއާ ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ އަގު ބޮޑު 2 ރަކްޢަތް ކިތައް ފަހަރު ކޮށްފިން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ﷲ ގެ ޙަޟްރަތުގަ ދުނިޔެއާ ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ އަގު ބޮޑު 2 ރަކްޢަތް ކިތައް ފަހަރު ކޮށްފިން ހެއްޔެވެ؟

ރަވާތިބު ސުންނަތްތަކުގެ ތެރެއިން އެންމެ މުހިންމުކަން ބޮޑުވެގެންވަނީ ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތެވެ. އެހެނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި އެ ދެރަކްޢަތުގެ މަތިވެރިކަން ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ބޮޑުވެގެންވާކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ރަސޫލް (ޞޢވ) ދަތުރުފުޅެއްގައި އުޅުއްވެވި ނަމަވެސް ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތް ދުލެއް ނުކުރައްވަވައެވެ. އަދި ޢައިޝަތުގެފާނުގެ ބަސްފުޅުން އެނގޭ ގޮތުގައި މި ދެ ރަކްޢަތް ކުރެއްވެވީ ވަރަށް ލުއިކޮށެވެ. އަދި އެންމެ ލުއިކޮށް ކުރެއްވެވީވެސް މި 2 ރަކްޢަތެވެ. 

ސުވާލަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެގެންދާއިރު މިފަދަ މަތިވެރިކަން ލިބިގެންވާ 2 ރަކްއަތް ކުރީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ކިތައް ދުވަހު ހެއްޔެވެ؟ 

- ޝައިޚް އިބްރާހީމް ރަޝީދު ޙަސަންގެ ދަރުސަކުން

 

 

މިއަދު އޮންލައިން