މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ދަރުސް ދެއްވާނީ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ.
އިސްލާމިކް މިނިސްރީން މިއަދުގެ ދަރުސް ތާވަލު ހާމަ ނުކުރައްވާތީ މައުޟޫ އާއި އިތުރު ތަފްޞީލް އަދި ނުލިބެއެވެ.
ޖަމިއްޔަތުއްއިސްލާމް ގެ ފަރާތުން މަސްޖިދު މުޙައްމަދު ޖަމީލުގައި ދަރުސް ދެއްވަވާނީ ޝައިޚް ޢަލީ ޒައިދު އެވެ. ދަރުސްގެ މައުޟޫއަކީ "ބަރުޒަޚުގެ ޙަޔާތް"އެވެ.
ބަރުޒަޚުގެ ޙަޔާތަކީ މަރުވުމުން ޤިޔާމަތް ވުމާއި ހަމައަށް ދެމިގެންދާ ދުވަސްތަކެވެ.