މިއީ "އިސްލާމިކް ނޮލެޖް" ވައިބާ ގްރޫޕަށް ބައެއް ފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކާއި އޭގެ ޖަވާބެވެ. މިސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ މައްޝުރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަތީފް އެވެ.
ސ. ރޯދަޔަށްހުރެ ތާސް ކުޅުމުން ރޯދަ ގެއްލޭނެތަ؟
ޖ. ނުގެއްލޭނެ. ނަމަވެސް ރޯދަޔަށް ހުރެގެން އެފަދަ ބޭކާރު ކަންތަކުން ދުރުހެލިވެގެން ހުރުން ރަނގަޅު.
ސ. ހާރު ނުކައި ރޯދަޔަށް ހުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ ބައެއް މީހުން ބުނޭ އެއްވެސް އެއްޗެއް ހާރަށް ނުކައި، ރޯދަ ސައްޙައެއް ނުވާނޭ، މިިއީ ކިހާ ވަރެއްގެ ހަގީގަތެއްތޯ؟
ޖ. ރޯދަ ސައްޙަ ވާނެ. ނަމަވެސް ހާރު ކެއުމަކީ ސުންނަތެއް.
ސ. ތަރާވީޙް ނަމާދުގެ ނިޔަތަކީ ކޮބާ؟
ޖ. ތަރާވީޙް ނަމާދު ކުރަމޭ ހިތައް އެރުވުމުން ނިޔަތް ގަނެވުނީ.
ސ. އިންޖެކްޝަން ޖެހުމުން ރޯދަ ގެއްލޭނެތޯ؟
ޖ. ހަކަތަ ޖައްސާ ބާވަތުގެ އިންޖެކްޝަނުން މެނުވީ ރޯދައެއް ނުގެއްލޭނެ.
ސ. ކާތަކެތީގެ ރަހަ ބެލުމަށް، ދުލުގައި ޖައްސާލުމުން ރޯދަ ގެއްލޭނެތޯ؟
ޖ. ނުގެއްލޭނެ. ނަމަވެސް ދިރުވާލައިގެން ނުވާނެ.
ސ. ލޭ އެޅުމުން ރޯދަ ގެއްލޭނެތޯ؟
ޖ. ޙިޔާލު ތަފާތުކަމެއް. އަޅުގަނޑު ބުރަވަނީ ގެއްލޭނެ ކަމަށް.
ސ. ލޭގެ ޓެސްޓެއް ހެދުމަށް ލޭ ދިނުމުން ރޯދަ ގެއްލޭނެތޯ؟
ޖ. ނުގެއްލޭނެ.
ސ. އައިވީ ގުޅުމުން ރޯދަ ގެއްލޭނެތޯ؟
ޖ. ރޯދަ ގެއްލޭނެ.
ސ. ރޯދައަށްހުރެ ލޮނުފެނުން ކަރު ދޮވެފިނަމަ ރޯދަ ގެއްލޭނެތޯ؟
ޖ. ނުގެއްލޭނެ.
ސ. ރޯދައަށްހުރެ ކުފުރު އެއްޗެއް ހިތައް އަރާފިއްޔާ ރޯދަ ގެއްލޭނެތޯ؟
ޖ. ނުގެއްލޭނެ. ނަމަވެސް ވީހާވެސް ބޮޑަށް އެފަދަ ޙިޔާލެއް ނުގެނެސް ވޭތޯ ބެލުން ބުއްދިވެރި.
ސ. ރޯދައަށް ހުއްޓާ ހޮޑުލެވިގެން ކަރުން ލޭ އައިސްފިނަމަ ރޯދަ ގެއްލޭނެތޯ؟
ޖ. ނުގެއްލޭނެ.
ސ. ދަމު ނަމާދުގައި ދެ ރަކުޢަތް ކުރާ މީހަކު، ދަމު ނަމާދުގެ ދެ ރަކުޢަތް ކޮށްފަ ވިތުރީގެ 3ރަކުޢަތްތޯ ނުވަތަ 1 ރަކުޢަތްތޯ ކުރުން ރަނގަޅީ؟