ލޯބިވެރިޔާ އާ ބައްދަލުކުރަން ދުވާލަކު އެތައް މެސެޖެއް ފޮނުވާއިރު ﷲ އާއި ބައްދަލުކުރަން އެދި އެންމެ ދުޢާއެއް ކުރަމު ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ލޯބިވެރިޔާ އާ ބައްދަލުކުރަން ދުވާލަކު އެތައް މެސެޖެއް ފޮނުވާއިރު ﷲ އާއި ބައްދަލުކުރަން އެދި އެންމެ ދުޢާއެއް ކުރަމު ހެއްޔެވެ؟

ލޯބިވެރިން ކޮންމެ ދުވަހަކު، ކޮނަމެ ރެއަކު އެތައް ފަހަރަކު "އައި ލަވް ޔޫ" ލިޔެފައި މެސެޖުކުރެއެވެ. އެފަދަ ކުރެހުންތަކާއި ފޮޓޯތައް ފޮނުވައެވެ. އެކަކު އަނެކަކާއި ބައްދަލުވާނބް ހިތް ހިތް އެދޭ މިންވަރު ހާމަކުރެއެވެ. 

ސުވާލަކީ ތިބާ އުފައްދަވައި، ތިބާއަށް ޢިލްމް ދެއްވަވައި ރިޒްޤް ދެއްވަވައި އެންމެހައި ނިޢްމަތްތައް މިންވަރު ކުރައްވަވާ ﷲ ތަޢާލާ އާއި ބައްދަލުކުރަން ބޭނުންވެގެން އެންމެ ފަހަރަކުވެސް އެދުނިން ހެއްޔެވެ؟ 24 ގަޑިއިރު ފާއިތުވެގެންދާއިރު އެންމެ ކުޑަމިނުން އެކަމުގެ މުހިންމުކަމުގެ ބޮޑުކަން ހިތްމައްޗަށް ގެނެވޭ ހެއްޔެވެ؟ 

އެންމެ ފަހަރަކު ނަމަވެސް ތިމާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންދެއްވެވުން އެދި ދުޢާކުރަން ހެއްޔެވެ؟ 

އިޚްލާޞްތެރިކަމާއިއެކު ﷲ ތައާލާ އާއި ބައްދަލުކުރަން އެދި މަސައްކަތްކުރާ މީހަކަށް ﷲ ތަޢާލާ އެކަން ފުއްދަވައި ދެއްވަވާނެތެވެ. ވީމާ އެންމެންނަކީ ވެސް އެކަމަށް އެދި ދުޢާކުރާ ބައަކަށްވާށެވެ! 

- މަސްޖިދު ޝައިޚް މުޙައްމަދު ޖަމީލްގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ޝައިޚް މުޙައްމަދު މަންޞޫރު ދެއްވި ދަރުސުން

މިއަދު އޮންލައިން