މާބަނޑު މީހަކު ނަމަވެސް ރޯދަ ދޫކުރަންވާނީ ބަލިހާލު ހުންނަ ގޮތުން ރޯދަ ނުހިފިއްޖެ ނަމައެވެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މާބަނޑު މީހަކު ނަމަވެސް ރޯދަ ދޫކުރަންވާނީ ބަލިހާލު ހުންނަ ގޮތުން ރޯދަ ނުހިފިއްޖެ ނަމައެވެ!: ޑރ. އިޔާޟް

"މާބަނޑު އަންހެނަކު ނަމަވެސް ރޯދަ ދޫކުރަންވާނީ ބަލިހާލު ހުންނަ ގޮތުން ރޯދަ ނުހިފިއްޖެ ނަމައެވެ! ގަދަވުމުން ރޯދަ ހިފަންވާނެއެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިހާރަކަށް އައިސް ބަލިވެ އިނުން އެއީ ބައްޔަކަށް ހަދައި ބައެއް އަންހެނުން ރޯދަ ދޫކުރެއެވެ. ނަމަވެސް އެއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. އެހެނީ ބަލިވެއިނުމަކީ ބައްޔެއް ނޫނެވެ. ބައްޔަކަށް ވާނީ ބަލިވެ އިނުމުގެ ސަބަބުން މައްސަލަތަކެއް އުފެދި ބަލި ހާލުގައި އުޅެން ޖެހިއްޖެ ނަމައެވެ. ރޯދަ ހިފުމުން ގެއްލުން ލިބިދާނެ ކަމަށް ޑޮކްޓަރުން ލަފާ ދިނުމުންނެވެ. 

މިގޮތުން ލަފާ ހޯދާއިރު އެ ޤައުމެއްގައި މުސްލިމް ޑޮކްޓަރުން ތިބި ނަމަ މުސްލިމް ޑޮކްޓަރުންގެ ކިބައިން ލަފާ ހޯދުމަށް ދީނީ ޢިލްމުވެރިން ބާރު އަޅުއްވަވައެވެ. 

މާލޭގެ މަޝްހޫރު ކްލިނިކެއްގައި މިހާރު މަސައްކަތްކުރަމުން ގެންދާ ކްރިސްޓިއަން އީއެންޓީ ޑޮކްޓަރަކަށް ދައްކާ ކޮންމެ އަންހެނަކަށް ބުރުގާ ނަގަން އަންގާ ކަމުގެ މައްސަލަތަކެއް މިހާރުވެސް ވަނީ ފެންމަތިވެފައެވެ. ބަލި އެނގޭ، އިސްލާމް ދީނުގެ ކަންކަން އެނގޭ ޑޮކްޓަރުންގެ މުހިންމުކަން ބޮޑުވަނީ މިފަދަ ސަބަބުތައް ހުރުމުންނެވެ. 

މިއަދު އޮންލައިން