މިއަދު ކުރަންޖެހޭ އަޅުކަން މާދަމާއަށް ފަސްކުރަމުން ދުޢާ އިޖާބަ ކުރެއްވުން އަވަސްކޮށްދެއްވެވުމަށް އެދޭނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މިއަދު ކުރަންޖެހޭ އަޅުކަން މާދަމާއަށް ފަސްކުރަމުން ދުޢާ އިޖާބަ ކުރެއްވުން އަވަސްކޮށްދެއްވެވުމަށް އެދޭނީ ކިހިނެއް؟

މިއަދު ކުރަން ޖެހޭ އަޅުކަން މާދަމާއަށް އެބަ ލަސްކުރަމުއެވެ. ނަމަވެސް ދުޢާ ކުރާއިރު މިއެދެނީ މިހިނދުން މިހިނދަށް އިޖާބަކޮށް ދެއްވެވުމަށެވެ. މިއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ 

މިއަދު ކުރަން ޖެހޭ އެއްވެސް އަޅުކަމެއް މާދަމާއަށް ލަސް ނުކުރާށެވެ! އެއިރުން އެވާގޮތަކީ އެއް ދުވަސް ފަހަތަށް ޖެހެވެނީއެވެ. ހަމައެކަނި އެއް ދުވަހެއް ނޫނެވެ. އެގޮތަށް މާދަމާ ކުރަން ބެހެއްޓޭ ގިނަ ކަންތައްތައް ނުކުރެވި ހުރުމުގެ ސަބަބުން ކޮންމެ އަހަރެއް ނިމިގެންދާއިރު އޮންނަނީ އެތައް ދުވަހެއް ފަހަތަށް ޖެހެވިފައެވެ. 

ޙަޤީޤަތުގައި މިއަދު ކުރަންޖެހޭ އަޅުކަން ނުކޮށް މާދަމާ ކުރަން ލަސްކުރަނީ ﷲ ތައާލާ މިއަދު ތިބާއަށް ދެއްވަވާފައިވާ ނިޢްމަތްތައް އިޙްޞާޞް ނުކުރެވޭ މީހުންނެވެ. ތިމާއަށް މިއަދުވެސް މިވަނީ އެތައް ބައިވަރު ނިޢްމަތްތައް ދެއްވަވާފައިކަމާއި އެކަންކަމަށް ޝުކުރުވެރިވާން ޖެހޭނެކަން ޤަބޫލުކުރެވޭނަމަ މިއަދު ކުރަން ޖެހޭ އެއްވެސް އަޅުކަމެއް މާދަމާއަށް ލަހެއް ނުކުރާނެއެވެ. ވީމާ ބަންޑެލި ޖަހައި އަޅުކަންތައްތައް މާދަމާއަށް ލަސްކުރާ މީހަކަށް ނުވާށެވެ! 

ކުޑަކުޑަ ހެއްކެއް ދައްކައިފާނަމެވެ. މާދަމާ ކިޔަވާލަން، ނުވަތަ މާދަމާ އިތުރަށް ކިޔަވައިލަން ތިބޭ މީހުންނަށް އަދި އޮންނާނީ ހަމަ އެއްވެސް ވަރެއް ނުކުރެވިފައެވެ. ނަމަވެސް އެންމެ ކުޑަމިނުން ކީރިތި ޤްރުއާނުން އެންމެ ފޮތެއް ނަމަވެސް ޤަވާއިދުން ކިޔަވަމުންދާ މީހާއަށް ދާނީ ދުވާލަކު ފޮތެއް ކިޔެވެމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން