ރަސޫލް (ޞޢވ) އަވަހާރަފުޅު ލެއްޕެވުމުގައިވެސް އަޚްލާޤިއްޔާތަށް ތަބަޢަވެވަޑައިގެން އަމަލުފުޅު ކުރެއްވެވިއެވެ. އެގޮތުން އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ވުޟޫ ކުރެއްވެވިއެވެ. ރަސޫލް (ޞޢވ) އަވަހާރަފުޅު ލައްޕަވަނީ ކަނައަތްޕުޅު ފަރާތަށް އޮންނަވައިގެންނެވެ.
އަވަހާރަފުޅު ލެއްޕުވުމުގެ ކުރިން މިދުޢާ ކުރައްވަވައެވެ. އަދި ނިދުމުގެ ކުރިން ދުޢާ ކުރުމަށް ވަނީ އަންގަވައިފައެވެ. އެއީ ނިދުމަށްފަހު ހޭލެވޭނެކަމުގެ ޔަޤީންކަން އޭނާއަށް ނެތުމުންނެވެ. އެހެންކަމުން އޭނާގެ އެންމެ ފަހު ބަހަކީވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ކަމުގައި ހެދުމަށެވެ.

ރަސޫލް (ޞޢވ) ގިނަގިނައިން އަވަހާރަފުޅެއް ނުލައްޕަވައެވެ. ރޭގަނޑުގެ ގިނަ ވަގުތު ހޭދަކުރެއްވެވީ އަޅުކަން ކުރެއްވެވުމުގައެވެ. ގިނަގިނައިން މަރު ހަނދުމަފުޅު ކުރައްވަވައެވެ. އަދި ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް ހަނދުމަފުޅު ކުރައްވަވައެވެ.
އަވަހާރަފުޅުން ހޭފުޅު ލެއްވެވުމާއިއެކު މިފަދައިން ދުޢާ ކުރައްވަވައެވެ.

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު