މިއަދުގެ ހުކުރު ޚުޠުބާއިން ޝައިޚް ޢަލީ ޒައިދު އެންމެ އަޅައިގަތް ތަންކޮޅު ކަމަށް ފާހަގަކުރައްވާފައިވަނީ "މީހަކު ފާފަކުރުމަކީ އެހެން މީހަކާއި ބެހޭ ކަމެއް ނޫން ކަމަށާއި އެއީ އެއީ އެމީހާގެ އަމިއްލަކަމެއް ކަމަށް" އަދި މީހަކު ފާފަކުރާއިރު އެކަން ހުއްޓުވުމަކީ މީހެއްގެ ޙައްގަކަށް އަރައިގަތުން ކަމަށް ބައެއް މީހުން ޤަބޫލުކުރާކަން ބަޔާންކޮށްފައިވާ ޕެރެގްރާފެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިކަމުން ވެސް އެނގިގެން މިދަނީ މިޖުތަމައުގެ މިއަދުގެ ޙާލަތު ކަމަށެވެ.
މީގެ އިތުރުން މުޖުތަމައުގައި ކުށްކުރުިން ގިނަވި ނަމަވެސް ނުހުއްޓުވިގެން އުޅޭ ސަބަބުވެސް ވަނީ ވަރަށް ފުރިހަމައަށް ބަޔާކޮށްފައެވެ.
ފާފަތަކަށް އަރައިގަނެ ކުށްކުށްތައް ކުރަމުން ގެންދާއިރު އެކަންކަން ހުއްޓުވަން މަސައްކަތްކުރުމަކީ މީހެއްގެ ޙައްޤަކަށް އަރައިގަތުން ކަމަށް ބުނާ މީހުން ހަދަނީ ކަނޑައެޅިގެން ދޮގެއް ކަމާއި ﷲ ތަޢާލާ ވަނީ އެކަމަށް އަމުރުފުޅު ކުރައްވަވައިފައިކަން ވެސް މިއަދުގެ ޚުޠުބާގައި ވަނީ ބަޔާން ކުރައްވަވައިފައެވެ.
ދެންވެސް ވިދާޅުވާނީ ހަމަ ފާފަކުރުން ހުއްޓުވަން މަސައްކަތް ކުރުމަކީ މީހެއްގެ ޙައްޤަކަށް އަރައިގަތުން ކަމަށްތޯއެވެ!