މުސްލިމުން ދެކެ ރުޅި އަންނަ އެންމެ ބޮޑު އެއް ސަބަބަކީ މުސްލިމުންގެ ހިތްތަކުގައި އިސްލާމް ދީނަށް ދީފައިވާ މަތިވެރި މަޤާމެވެ. ﷲ ތައާލާއަށް އީމާންވެ ކިޔަމްންތެރިކަން އަދާކުރާ މިންވަރެވެ. ޢަދާވާތްތެރިން ކިތަންމެ ގަދައަށް ރުޅި އައި ނަމަވެސް ﷲ ތަޢާލާގެ ވާގިފުޅާއިއެކު އިސްލާމް ދީން ދާނީ ކުރިއަރަމުންނެވެ. އިސްލާމް ދީނަށް ވަންނަ މީހުން ޢަދަދު ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ޚަބަރުގައިވާ ފޮޓޯއަށް ބައްލަވާށެވެ. މިއީ ޙަރަމްފުޅުގެ އަރިއަހެވެ. މި ފޮޓޯއިންވެސް އެފެންނަނީ ހަމަ ވަރަށް ކުޑަ ސަރަހައްދެކެވެ. ބޮޑީ ނުފެންނަ ބައެވެ.
ޢަދަދުގެ ގޮތުން ކްރިސްޓިއަނުން ގިނައެވެ. އެމީހުންވެސް އަހަރަކު އެއްފަހަރު އިޒްރޭލަށް އެއްވެ އެކުރާ ކަންކަންވެސް ކުރެއެވެ. ނަމަވެސް މިފަދަ މަންޒަރެއް ދެއްކިދާނެ ހެއްޔެވެ؟ ނުދެއްކޭނެއެވެ. އެ އެއްވުން ދުނިޔޭގެ ޓީވީތަކުން ދައްކަން ނުކުރެނީވެސް ހަމަ ބައިވެރިވާ މީސްކޮޅު މަދުކަމުންނެވެ.
Muslimunge hiy e dhimaalakah lenbifaivaa, Muslimunge Qiblah, Thauheedhai ebbaivantha kamuge ramzu kamugai vaa Kaubathullahi Gefulhu... Maasha Allah, kihaa hiygaimu manzareh tho? Allah attakai muslimunge hithuge khushoo' aai gunavan thakuge madu molhikan ramzu kohdhey thasveereh. pic.twitter.com/6UAr7bEZSz
— Shafeeu Abdullah (@shafeeu26) May 17, 2019