ދުވާލަކު ޖަމާއަތުގައި ކޮށްލަން ލިބޭ 5 ނަމާދުން 2 ނަމާދު، ރޯދަވީއްލުމަކަށްޓަކާ ދޫކޮށްލުމުން މުޅި ދުވަހު ބަނޑަށް ހުރެ މިކުރީ ކީއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ދުވާލަކު ޖަމާއަތުގައި ކޮށްލަން ލިބޭ 5 ނަމާދުން 2 ނަމާދު، ރޯދަވީއްލުމަކަށްޓަކާ ދޫކޮށްލުމުން މުޅި ދުވަހު ބަނޑަށް ހުރެ މިކުރީ ކީއްތަ؟

މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ތަރާވީޙް ނަމާދުވެސް ގެއްލޭ ގޮތަށް ރޯދަވީއްލުންތަކުގައި ބައިވެރިވެ ކާ އަގުބޮޑު ކެއުންތަކުން ލިބޭނެ އެއްވެސް ފައިދާއެއް ނެތެވެ. 

ފުރަތަމަ ގެއްލެނީ މަޣްރިބް ނަމާދުގެ ޖަމާޢަތެވެ. ދެން ގެއްލިގެންދަނީ ޢިޝާ ނަމާދުގެ ޖަމާއަތެވެ. އެ ހިސާބުން ގެއްލިގެންދަނީ ތަރާވީޙް ނަމާދެވެ. ދުވާލަކު ޖަމާއަތުގައި ކޮށްލަން މިލިބެނީ 5 ނަމާދެވެ. އެއިގެ ތެރެއިން 2 ނަމާދު، ރޯދަވީއްލުމަކަށްޓަކައި ދޫކޮށްލުމުން މުޅި ދުވަހު ބަނޑަށް ހުރެ މިހިފީ ރޯދަ ހެއްޔެވެ؟  

މިކަމާއި ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ"ރޯދަވީއްލަން ރެސްޓޯރަންޓްތަކަށް ގޮސް ބޮޑުކޮށް އިސްރާފުކޮށްފަ، މަޣްރިބް ނަމާދު އަޅައިފަ، ޢިޝާ ގަޑި ޖެހުނީމާ ގޮނޑިން ތެދުވެގެން ގެއަށް ދާން ނައްޓާލީމާ އެ ހިފުނީ ކޮންކަހަލަ ރޯދައެއް ކަމާއިމެދު ވިސްނަވައިލެއްވުމަށެވެ."

 

 

މިއަދު އޮންލައިން