އަޅުކަން ކުރުމަށްފަހު ކުރި އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ މިދުޢާ ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އަޅުކަން ކުރުމަށްފަހު ކުރި އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ މިދުޢާ ކުރާށެވެ!

އަޅުކަން ކުރުމަށްފަހު ކުރި އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާ ކުރުމަކީ ގިނަ ބައަކު ވަރަށް ބޮޑަށް އިހްމާލްވެފައިވާ ކަމެކެވެ. އެހެން ނުހަދާށެވެ. އަޅުކަން ކުރުމަށްފަހު ކުރި އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާކުރަންވާނެއެވެ. 

ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އަޅުކަމެއް ކޮށްލެވުމުން އެ ހިސާބުން އެކަން އެއޮތީ ނިމިފައި ކަމަށެވެ. އެއީ އެކަން އޮތް ގޮތެއް ނޫނެވެ. އަހަރެމެން ކުރާ އަމަލު ހެޔޮ އަމަލަކަށްވާނީ ﷲ ތަޢާލާ އެ ޢަމަލު ޤަބޫލުފުޅު ކުރެއްވެވުމުންނެވެ. ވީމާ ކުރާ އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ. 

މިއީ ބަޤަރާ ސޫރަތުގެ 127 ވަނަ އާޔަތެވެ. މި ދުޢާއަކީ إبراهيم ގެފާނާއި إسماعيل ގެފާނާއި ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި އިރު އެ އަމަލު ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުން އެދިވަޑައިގެން ﷲ ތައާލާއަށް ކުރެއްވެވި ދުޢާއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން