ޚަދީޖަތުގެފާނަށް ސަލާމް ވަޙީ ކުރައްވަވައި، ހަފްޞާގެފާނުގެ ކައިވެނި ރުޖޫޢަކުރައްވަން 7 އުޑުމަތިން ވަޙީކުރެއްވެވި ސަބަބު!: ޝައިޚް މުޙައްމަދު މޫސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޚަދީޖަތުގެފާނަށް ސަލާމް ވަޙީ ކުރައްވަވައި، ހަފްޞާގެފާނުގެ ކައިވެނި ރުޖޫޢަކުރައްވަން 7 އުޑުމަތިން ވަޙީކުރެއްވެވި ސަބަބު!: ޝައިޚް މުޙައްމަދު މޫސާ

ރަސޫލް (ޞޢވ) ގެ އަނބިކަނބަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އިތުރު އެކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުން ޚަދީޖަތުގެ ފާނަށާއި އަދި އަނބިކަނބަލުން ޙަފްޞާގެފާނަށް ﷲ ތަޢާލާ ވަނީ ވަރަށް މަތިވެރި ދަރަޖަފުޅެއް ދެއްވަވައިފައެވެ.

ޚަދީޖަތުގެފާނަށް ދެއްވެވި ދަރަޖަފުޅުތަކުގެ ތެރޭގައި 7 އުޑުމަތިން ﷲ ތަޢާލާގެ ސަލާމް ހިއްޕަވައިގެން ޖިބްރީލްގެފާނު ފައިބައިވަޑައިގެން އެވާހަކަ ރަސޫލް (ޞޢވ) އަށް ދެންނެވުން ހިމެނެއެވެ. އަދި ޖިބްރީލްގެފާނުގެ ސަލާމް ޚަދީޖަތުގެފާނަށް ފޮނުއްވެވުން ހިމެނެއެވެ.

ހަފްޞާގެފާނަށް ދެއްވެވި މަތިވެރި ދަރަޖަފުޅުތަކުގެ ތެރޭގައި ރަސޫލް (ޞޢވ) އެކަމަނާ ވަރިކުރެއްވެވުމުން އަލުން ކައިވެނި ރުޖޫޢަ ކުރެއްވެވުމަށް 7 އުޑު މަތިން ﷲ ތައާލާ އެންގެވުން ހިމެނެއެވެ. އަދި އެގޮތަށް އެންގެވީ އެކަމާނެ ތަޤްވާވެރިކަން ބޮޑުކަމުން ކަންވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ.

ﷲ ތައާލާ ރުއްސެއްވުން ލެއްވެވި މި 2 ބޭކަނބަލުންނަށް މިފަދަ މަތިވެރި ދަރަޖައެއް ﷲ ތައާލާ ދެއްވެވީ ހަމައެކަނި އެއީ ރަސޫލް (ޞޢވ) ގެ އަނބިކަނބަލުންނަށް ވެވަޑައިގަތުމަކުން ނޫނެވެ. އެ ދެ ބޭކަލުންގެ ތަޢްވާވެރިކަން ބޮޑުކަމުންނެވެ. އަޅުކަން ކުރައްވާ މިންވަރު ގިނަކަމުންނެވެ.

އަޚޅުގަނޑުމެން ވެސް ކުރަން އޮތް ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމެވެ. އަޅުކަން ކުރުން ގިނަކުރުމެވެ. އިޚްލާޞްތެރި ކަމާއިއެކު އަޅުކަން ކުރަން މަސައްކަތް ކުރުމެވެ. ﷲ ތަޢާލާ ހަމަ އަހަރެމެންގެ ދަރަޖަ ވެސް މަތިވެރި ކުރައްވަވާނެތެވެ.

--ޝައިޚް މުޙައްމަދު މޫސާގެ ދަރުސަކުން

މިއަދު އޮންލައިން