ފަރުވާ ދެމުންދަނިކޮށް ނިޔާވި ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި އައިޖީއެމްއެޗް ގެ އިހުމާލެއްވޭތޯ މިނިސްޓްރީން ބަލަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ފަރުވާ ދެމުންދަނިކޮށް ނިޔާވި ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި އައިޖީއެމްއެޗް ގެ އިހުމާލެއްވޭތޯ މިނިސްޓްރީން ބަލަނީ!

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެވެން ނެތި އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެމުންދަނިކޮށް ނިޔާވި ތުއްތު ކުއްޖާގެ މަރުގެ މައްސަލަގައި އައިޖީއެމްއެޗް ގެ އިހުމާލެއްވެފައިވޭތޯ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ. 

ހެލްތު މިނިސްޓްރީން ބުނެފައި ވަނީ ތުއްތު ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވި މައްސަލަ ބަލަމުންދާ ކަމަށާއި އަދި އައިޖީއެމްއެޗަށް ކުއްޖާ ބަދަލުކޮށް ފަރުވާ ދިނުމުގައި އެއްވެސް އިހުމާލެއްވެފައިވޭތޯ މިނިސްޓްރީން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. 

ތުއްތު ކުއްޖާ މާލެއަށް ފޮނުވާލީ ނިއޯނޭޓަލް ވެންޓިލޭޓަރެއް ހިތަދޫ ހޮސްޕިޓަލުގައި ނެތުމުގެ ސަބަބުން ކަމަށް ހިތަދޫ ހޮސްޕިޓަލުންވަނީ ބުނެފައެވެ.

ތުއްތު ކުއްޖާ ނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެންއައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އެރޭ 11:25 ހާއިރުއެވެ. 

މިއަދު އޮންލައިން