އިސްލާމްކަމަށްފަހު އެންމެ ބޮޑު ނިޢުމަތަކީ ހެޔޮލަފާ އެކުވެރިއެއް ލިބުން: ޢުމަރުގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އިސްލާމްކަމަށްފަހު އެންމެ ބޮޑު ނިޢުމަތަކީ ހެޔޮލަފާ އެކުވެރިއެއް ލިބުން: ޢުމަރުގެފާނު

"އިސްލާމް ކަމަށްފަހު ހެޔޮ ލަފާ އެކުވެރިއަކަށްވުރެ ބޮޑު ނިޢްމަތެއް މުސްލިމަކަށް ލިބިގެނެއް ނުވެއެވެ." މިޢީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

ޢުމަރުގެފާނަށް މުސްލިމުންގެ ޚަލީފާކަން ލިބިވަޑައިގަތުމުން އެކަމަށް ތަޢްރީފްކުރި މީހެއްގެ ގާތު އެކަލޭގެފާނަށް ތަޢްރީފް ނުކުރުމަށް ވިދާޅުވެ އޭނާއަކީ ޢުމަރުގެފާނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭކަލަކު ކަމުގައިވާނަމަ އެކަލޭގެފާނުގެ ކިބައިގައި ހުންނަ އުނިފަތަކާއި ކުރެއްވޭ ކުށްތައް ބަޔާންކޮށްދެއްވައި އިޞްލާޙްކުރަން އެހީތެރިވެދޭ މީހަކު ކަމުގައިވުމަށް ވިދާޅުވެފައިވެއެވެ.  

ކޮންމެ އިންސާނަކީވެސް އެމީހެއްގެ ކިބައިގައި ކޮންމެވެސް އުނިސިފަތަކެއް ހުންނާނެ މީހެކެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް އެންމެ މުހިންމު އެއްކަމަކީ އެމީހެއްގެ ކިބައިގައި ހުންނަ އުނިސިފަތައް އެމީހަކަށް ބުނެދީ އެމީހަކު އިޞްލާޙް ކުރުމަށް އެހީތެރިވެދޭނެ މީހެކެވެ.

މިދިޔަ އާދީއައްތަ ދުވަހު އިޙްޔާ ފޯރަމްގައި ދިނީ ނަސޭހަތް ދެއްވަމުން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަހްމާން ވިދާޅުވެފައިވަނީ މީހަކަށް ނަޞޭޙަތެއް ދޭނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން މީސްތަކުންގެ ތެރޭގައި ހުއްޓައި އެހެން މީހުންނަށް އެނގޭ ގޮތަށް ނަޞޭޙަތް ދިނުމެއް ނެތް ކަމަށާއި އެއިރުން އެކަން ވާނީ އެމީހަކު ފަޟީޙަތްކުރުން ކަމަށެވެ.

މިއަދު އޮންލައިން